16 ފެބުރުއަރީ 2020
މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔެ ހޫނުވެ، އުތުރާއި ދެކުނު ތަނޑީގެ ގަނޑުފެންތައް ވަރަށް ބާރު ސްޕީޑްފައި ވިރެމުންދާތީ މީގެ ނޭދެވޭ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުން ދަނީ ގަނޑުފެންތަކަށް ދިރިއުޅުން ބަރޯސާވެފައިވާ ޕޯލާ ބެއާތަކަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔެ ހޫނުވެ، އުތުރާއި ދެކުނު ތަނޑީގެ ގަނޑުފެންތައް ވަރަށް ބާރު ސްޕީޑްފައި ވިރެމުންދާތީ މީގެ ނޭދެވޭ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުން ދަނީ ގަނޑުފެންތަކަށް ދިރިއުޅުން ބަރޯސާވެފައިވާ ޕޯލާ ބެއާތަކަށް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އީކޮލޮޖިކަލް އެޕްލިކޭޝަންސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުގެ ބޮޑު މަންޒަރު މިހާރު ރަނގަޅަށް ރަމްޒުކޮށް ދެނީ ޕޯލާ ބެއާތަކަށް ކުރާ އަސަރުތަކުން ކަމަށެވެ. އެގޮތުން ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޕޯލާ ބެއާތައް ދިރިއުޅޭ މާހައުލުތައް ހަލާކުވަމުންދާތީ އެ އެއްޗިއްސަށް އެއް ތަނުން އަނެއް ތަނަށް ދިއުމާއި ކާނާ ހޯދުން ދަތިވުމާއި ދަރިމައިވުން ފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
އެގޮތުން ކާނާ ލިބުން ދަތިވުމާ ގުޅިގެން ޕޯލާ ބެއާތައް އަނަރޫފަވެ، ސިއްހީ ގޮތުން ކުރިމަތިވަމުންދާ މައްސަލަތަކާ ހެދި، އަންހެން ބެއާ ދަރިމައިވާ ނިސްބަތް ދަށްވަމުންދާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
"ކްލައިމެޓް ޗޭންޖުން އާކްޓިކަށް ކުރާ ނޭދެވޭ އަސަރު މިހާރު އެންމެ ބޮޑަށް ދައްކުވައި ދެނީ ޕޯލާ ބެއާތަކުން. އަހަރެމެންނަށް މިކަން ސިފަކުރެނީ ކްލައިމެޓް ޗޭންގެ އައިކަންއެއްގެ ގޮތުގައި،" ދިރާސާ ޓީމްގައި ހިމެނޭ ވޮޝިޓަން ޔިނިވަސިޓީގެ އެކްއޭޓިކް އެންޑް ފިޝެރީ ސައިސެސްގެ ޕްރޮފެސަރު ކްރިޓިން ލެއިޑާ ވިދާޅުވި އެވެ. "ޕޯލާ ބެއާތަކަކީ ކަނޑުގެ ގަނޑުފެންތަކަށް ބަރޯސާވާ އެއްޗަކަށް ވިޔަސް، އެ އެއްޗެހީގެ މާހައުލު މިހާރު ދަނީ ނެތެމުން. މިއީ ވަރަށް ކަންބޮޑުވާކަމެއް."
ދިރާސާގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔެ ހޫނުވަމުންދާ މައްސަލަ މިހާރު މިދާ ރޭޓްގައި ދާ ނަމަ ޕޯލާ ބެއާތަކުގެ އާބާދީ ނެތިދާނެކަމުގެ ބިރުވެސް ބޮޑު ކަމަށެވެ. އެހެންވެ މިކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ބުންޏެވެ.
ބޮޑު ދިރާސާގައި ފުރަތަމަ ކަނޑަށް ފައިބަނީ އަންހެނުން
ގެރި ބަކަރި ބޭރުކުރާ ވަޔަށް ޓެކްސް ނަގަނީ
އިންސާނުންނާ ހެދި ކަނޑުގެ އަޑު ވެސް ތަޣައްޔަރުވަނީ
މަޝްރޫމުން ސިމެންތި ހެދިދާނެ
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
"އެޗްޑީ ސްޓްރީމިން އިން ތިމާވެއްޓަށް ގެއްލުން ބޮޑު"
ގަސްގަހާގެހީގެ ފަސްބައިކުޅަ ދެ ބައި ނުރައްކަލުގައި
މޫސުމީ ބަދަލުތަކާ މެދު ވިސްނަނީ ފަގީރު ގައުމުތަކުން
2040 އަށް 1.3 ބިލިއަން ޓަނުގެ ޕްލާސްޓިކް ކުނި
މިހާރުގެ ހާލަތު އޮވެގެން ފަރުތައް ނެތިގެން ހިނގައިދާނެ