Roadha Mihaaru
ޖަނަވާރުންނަށް އުނދަގޫވާތީ ހަވާއެރުމުން މަނާ!

ޖަނަވާރުންނަށް އުނދަގޫވާތީ ހަވާއެރުމުން މަނާ!

01 ޖެނުއަރީ 2019

އިކުއެޑޯ ކައިރީގައި އޮންނަ، ދިރޭތަކެތީގެ ރަށެއްގެ ގޮތުގައި މަޝްހޫރު ގަލެޕޮގޮސް އުޅޭ ދިރޭތަކެއްޗަށް އުނދަގޫވެ ސިއްހީ ގޮތުން ނުރަނގަޅު އަސަރުކުރާތީ އެ ރަށުގައި ހަވާ އެރުވުން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިކުއެޑޯ ކައިރީގައި އޮންނަ، ދިރޭތަކެތީގެ ރަށެއްގެ ގޮތުގައި މަޝްހޫރު ގަލެޕޮގޮސް އުޅޭ ދިރޭތަކެއްޗަށް އުނދަގޫވެ ސިއްހީ ގޮތުން ނުރަނގަޅު އަސަރުކުރާތީ އެ ރަށުގައި ހަވާ އެރުވުން މަނާކޮށްފި އެވެ.

ހަވާ އެރުވުން މަނާކުރި ނަމަވެސް ވަރުގަދަ އަޑު ނުހުންނަ ހަވާ އެރުވުން މަނަލެއް ނޫނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ހަވާ އަރުވާ އިރު، އިވޭ ގަދަ އަޑުގެ ސަބަބުން، ގަލަޕެގޮސްގައި ދިރިއުޅޭ ޖަނަވާރުތަކަށް ސިއްހީ މައްސަލަތައް ކުރިމަތިވާތީ ކަމަށެވެ. އެގޮތުން ހަވާގެ އަޑުގެ ސަބަބުން ޖަނަވަރާއި އެނޫން ވެސް ސޫފާސޫފިތަކުގެ ހާޓް ރޭޓް މަތިވެ، ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވޭ ކަަމަށް ބުންޏެވެ.

މިކަމަށް ގަލަޕެގޮސްގެ ލޯކަލް ކައުންސިލުން ވެސް ވަނީ ވަރަށް ބޮޑަށް ތާއީދުކޮށް، މަރުހަބާ ކިޔައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ލޯކަލް ކައުންސިލްގެ ރައީސާ ލޮރޭޓާ ޓާޕިއާ ވިދާޅުވި ގޮތުގައި އަޑުގަދަ ބަޑިބޭހުގެ ކުޅިވަރު މަނާކުރުމަކީ ގަލަޕެގޮސް އައިލެންޑްގެ ގުދުރަތީ ވެއްޓަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ.

"މިކަމަކީ މާ ކުރިން ވެސް ކުރަންވެފައި އޮތް ކަމެއް. އަހަރެމެންގެ އިގުތިސާދު ވެސް ބިނާވެފައި އޮތީ ގުދުރަތީ ގޮތުން ވެއްޓަށް ލިބިފައިވާ މުއްސަނދިކަމުގެ މައްޗަށް. އެހެންވީމަ މި ތަނުގެ މާހައުލު ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ވަކިން ހާއްސަ މިތަނުގައި ވައިޑްލައިފަށްޓަކައި."

ގަލަޕެގޮސްއަކީ ކޮންމެ އަހަރަކު ވެސް އެތައް ހާސް ޓޫރިސްޓުންނަށް އެތަނުގެ ވެށި ދެކިލުމުގެ ބޭނުމުގައި ޒިޔާރަތް ކުރާ ތަނެކެވެ. ގަލަޕެގޮސްގެ އާބާދީއަކީ 25،000 އެވެ.