Roadha Mihaaru
"ޓްރިޕް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ

"ޓްރިޕް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ

15 ސެޕްޓެމްބަރ 2024

މަޝްހޫރު ޓްރެވަލް އޭޖެންސީ "ޓްރިޕް.ކޮމް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު ޓްރެވަލް އޭޖެންސީ "ޓްރިޕް.ކޮމް" މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނީ ޓްރިޕް މެދުވެރިކޮށް އެ އެއާލައިންގެ ހުރިހާ ދަތުރަކަށް ވެސް އޮންލައިންކޮށް ބުކިން ހެދޭނެ ކަމަށެވެ. އެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ބުކިން ހެއްދޭ ގޮތް ހަމަޖެއްސީ މިދިޔަ ހުކުރުދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާ، ލަންކާ އަދި ބަންގްލަދޭޝަށް ކުރެ އެވެ. އަދި ޑޮމެސްޓިކް 16 މަންޒިލަކަށް ދަތުރު ކުރެ އެވެ.

ޓްރިޕަކީ 24 ބަހަކުން ހިންގާ 39 ގައުމެއްގައި އޮޕަރޭޓް ކުރާ އިންޓަނޭޝަނަލް ޓްރެވަލް އޭޖެންސީ އެކެވެ. އެ ވެބްސައިޓުން 1.1 މިލިއަން ހޮޓަލާއި 510 އެއާލައިންގެ ފްލައިޓަށް ބުކިން ހެއްދޭނެ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 15 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އޭޓީއާރްގެ ހަތަރު ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ ބޯޓުތައް ވެސް ހިމެނެ އެވެ.