06 އޮކްޓޯބަރ 2024
އިންޑިއާގެ އެންމެ ބޮޑު އޮންލައިން ބުކިން އޭޖެންޓް ކަމަށްވާ "އީޒްމައިޓްރިޕް" މެދުވެރިކޮށް ރާއްޖެއަށް އަލުން ބުކިން ހެއްދޭ ގޮތް ހަމަޖައްސައިފި އެވެ.
އިންޑިއާގެ އެންމެ ބޮޑު އޮންލައިން ބުކިން އޭޖެންޓް ކަމަށްވާ "އީޒްމައިޓްރިޕް" މެދުވެރިކޮށް ރާއްޖެއަށް އަލުން ބުކިން ހެއްދޭ ގޮތް ހަމަޖައްސައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ބުކިން ހެދުން ހުއްޓާލި "އީޒްމައިޓްރިޕް" އިން ރާއްޖެއަށް އަލުން ބުކިން ހަދައިދޭން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ބުކިން ހަދަން ފެށިއިރު، ރައީސް ޑރ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.
"އީޒްމައިޓްރިޕް" އިން ބުނީ މި ބަދަލު ގެނެސްފައިވަނީ ދެ ގައުމުގެ ގުޅުން އަނެއްކާ ވެސް ރަނގަޅުވާން ފެށުމުން ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް "އީޒްމައިޓްރިޕް" އިން ބުންޏެވެ.
"އީޒްމައިޓްރިޕް" އިން ރާއްޖެއަށް ބުކިން ހެއްދުން ހުއްޓާލީ ދެ ގައުމުގެ ގުޅުން ގޯސްވެ، ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ގޮވާލި ދުވަސްވަރު އެވެ. މިދިޔަ ޖެނުއަރީ މަހު ބުކިން ހެއްދުން ހުއްޓާލުމުން ރާއްޖެއިން ވަނީ އެކަން އޮޅުވުން ފިލުވަން އެ ކުންފުންޏަށް ސިޓީ ފޮނުވައިފަ އެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އިންޑިއާގެ ތިން ސިޓީއެއްގައި ރާއްޖެ ވަނީ "ވެލްކަމް އިންޑިއާ ރޯޑް ޝޯ" ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. އެ ރޯޑް ޝޯގައި އާ ޓްރެވަލް އޭޖެންޓުންނާއި ރާއްޖެ އަށް ޓޫރިސްޓުން ގެނައުން ހުއްޓާލާފައި ތިބި ޓްރެވަލް އޭޖެންޓުންނާ އެކު ވެސް މަޝްވަރާތައް ކޮށްފައިވެ އެވެ.
އެ ރޯޑްޝޯއަށް ފަހު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ އެ ރޯޑްޝޯއާ އެކު އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަހަރު ނިމޭއިރު، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ އަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ މިވަގުތު އޮތީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ. މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިންޑިއާ އިން މިއަހަރުގެ މިހާތަނަށް އައީ 90،000 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަދަދު ދެ މިލިއަނަށް އެރުވުމެވެ.
އެންމެ މަގުބޫލް ހަނީމޫން މަންޒިލްގެ ތެރޭގައި ރާއްޖެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި