އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު އެއްކޮށް ބުކްކޮށްލެވޭ ގޮތަށް ހާއްސަ އަގުތަކެއް އިއުލާނުކޮށްފި އެވެ.
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު އެއްކޮށް ބުކްކޮށްލެވޭ ގޮތަށް ހާއްސަ އަގުތަކެއް އިއުލާނުކޮށްފި އެވެ.
ރ. އަތޮޅުގައި ހަދާފައިވާ އެ ރިސޯޓުގައި 81 ވިލާ ހުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނިޓުން ދެވޭ، އެ ރިސޯޓުގައި ބީޗު ވިލާތަކާއި ލެގޫން އަދި އޯވާ ވޯޓާ ވިލާތައް ހިމެނެ އެވެ. އެ ވިލާތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭއިރު ޕްރައިވެޓް ޓެރަހެއްގެ އިތުރުން ޕޫލެއް ވެސް އޮވެ އެވެ.
އިންޓަކޮންޓިނެންޓަލް ރިސޯޓުގެ ޕޫލް އޭރިއާ. އެ ރިސޯޓުގައި 81 ވިލާ ހުރޭ -- ފޮޓޯ: އިންޓަކޮންޓިނެންޓަލް
ސެޕްޓެމްބަރު، 2019 ގައި ހުޅުވި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އާންމުކޮށްފައިވާ ބްރޯޝާގައިވާ ގޮތުން އަގުތައް ކަނޑައަޅާފައިވަނީ އެކި ސީޒަންތަކަށް އަދި ހުށަހަޅާ "ބައިއައުޓް" ޕްލޭނެއްގެ ދަށުން އަގު ކަނޑައަޅާ ގޮތަށެވެ.
އޭގައިވާ ގޮތުން އެންމެ ދަށް އަގަކަށް އޮތީ ލޯ ސީޒަންގައި ތިން ރެޔަށް ނަމަ [ރެޔަކަށް] 1،412،000 ޑޮލަރަށް އަދި ހައި ސީޒަންގައި ނަމަ 1،950،000 ޑޮލަރަށް ރިސޯޓް ނެގޭ ގޮތަށެވެ. އަގުތަކަށް ބަލާއިރު އެންމެ ބޮޑުކޮށް އޮތީ ހައި ސީޒަންގައި ހަތް ރެޔަށް ނަގާ ނަމަ 3،318،000 ޑޮލަރަށެވެ.
މިއީ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓާތައް ތަރައްގީކުރާ ކުންފުންޏެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ގްރޫޕްގެ ރިސޯޓެކެވެ.
އިންޓަކޮންޓިނެންޓަލް ވޯޓަ ވިލާ އޭރިއާ. އެ ރިސޯޓުގެ ވިލާތައް ވިއްކަން ވަނީ ނިންމާފައި -- ފޮޓޯ: އިންޓަކޮންޓިނެންޓަލް
އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު އޮންނަނީ ހަނިފަރު ބޭއާ މާދުރު ނޫން ހިސާބެއްގައި ކަމަށް ވާތީ ޗުއްޓީ ހޭދަކުރަންދާ ޓޫރިސްޓުންނަށް މިޔަރާއި މަޑިތަކާ އެކު ސްނޯކްލިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ރިސޯޓުން ވަނީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމަޑިތަކަށް ހިމާޔަތް ދިނުމަށް މަންތާ ޓްރަސްޓާ އެކު ޕާޓްނާޝިޕް ވެސް ހަދައިފަ އެވެ.
އިންޓަކޮންޓިނެންޓަލްގެ އިތުރުން އެހެން ބައެއް ރިސޯޓުތަކުން ވެސް މަހުޖަނުންނަށް ދިގު މުއްދަތަށް ވިލާތައް އަންނަނީ ވިއްކަމުންނެވެ. އެގޮތުން ރ. އަތޮޅުގައި ހިންގާ ޖޯލި ބީއިން އިން "އައިލެންޑް ހޯމްސް" ތައާރަފްކޮށް ވިލާތައް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ވިއްކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި އެވެ.
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ