ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީ، އެ ކަމަށް ފުރުސަތު ފަހިކޮށްދޭ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފި އެވެ.
01 މެއި 2024
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީ، އެ ކަމަށް ފުރުސަތު ފަހިކޮށްދޭ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ "އެމްވީ ކޯލް ގާލްސް" ނަމުގައި ހިންގާ އެ ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ނުބުނެ އެވެ.
މިދިޔަ 2-3 މަހު ވެސް ފުލުހުން ވަނީ އެފަދަ ޓެލެގްރާމް ގްރޫޕްތަކެއް އަތުލައިގެންފަ އެވެ. ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ޚަބަރުގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ހުރިހާ ޗެނަލެއް ވެސް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
"ޔުމްނުއާ އެކު އުޅުނު އަންހެނަކު ބޭރަށް ފުރާފައިނުވޭ"
"ނޫސްވެރިން ފެންޓެނޯއީގެއަށް ވަންނަން ހުރަހެއް ނެތް"
އަންހެންމީހާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ނުދިން
ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
މަސްތުގައި ހުރެ ވެއްޓުނީ އަމިއްލަ އަށް: ޕޮލިސް
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!