Roadha Mihaaru

ބޮޑު ޗުއްޓީގައި ޕީޖީގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދަނީ

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަންނަ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ.

ބޮޑު ޗުއްޓީގައި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ލުއެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 އެޕްރީލް 2024

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަންނަ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް، އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފަ އެވެ.

އެހެންވެ، ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެކަން މިހާރު ވަނީ އަންގައިފަ އެވެ. އަދި އެކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.

"ހުރިހާ ބޭފުޅުންވެސް މި ފުރުސަތުގައި ތިމާގެ ދަރިންނާއި އެހެން މީހުންގެ ވިޔަސް، ލޯބިވާ ކުދިންނާއެކު ވަގުތު ހޭދަ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ." މިކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް މުވައްޒަފުންނަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޕީޖީ އޮފީހުން ވަނީ ހަފުތާއަކު އެއް ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެއީ ދައުލަތުގެ އޮފީހަކު އެގޮތަށް ހަމަޖައްސަން ފެށި ފުރަތަމަ ފަހަރެވެ.