16 އެޕްރީލް 2024
އުތުރު ތިލަފަޅުގައި ހިންގާނީ މުޅި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރާ ވަރުގެ މަޝްރޫއެއް ކަމަށާއި އޭގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ބުނެފި އެވެ.
އުތުރު ތިލަފަޅުގައި ހިންގާނީ މުޅި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރާ ވަރުގެ މަޝްރޫއެއް ކަމަށާއި އޭގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ބުނެފި އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ޔޫޓީއެފް އިން ޗައިނާ ހާބާއާ އެކު 200 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް ފެށީ ރާއްޖެއަށް ބޭނުންވާ ހުރިހާ ކާބޯތަކެތި އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ އަށް ބޭނުންވާ ހުރިހާ ކާބޯތަކެތި ހެއްދުމުގެ މަަސައްކަތް ވެސް އަންނަ އަހަރު ފެށޭވަރު ވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އޭގެ ފީސިބިލިޓީ އާއި ފައިނޭންސިން އާއި އެހެން މަސަކަތްތައް ކުރަމުން. އަޅުގަނޑުމެން މި ބަލަނީ މިއަންނަ އަހަރު ނިމޭ އިރު އެތަނުން ތަރުކާރީ އާއި މޭވާ ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝިމާދު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، 200 ހެކްޓަރު ބިމުގައި ދަނޑުވެރިކަން ކޮށްގެން ރާއްޖެއަށް ބޭނުންވާ ހުރިހާ ކާބޯތަކެތި އުފެއްދޭނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝިމާދު ވިދާޅުވީ، މިއީ ރާއްޖޭގެ ފުޑް ސެކިއުރިޓީއާ ގުޅިފައިވާ މަޝްރޫއުއެއް ކަމަށްވާތީ، އެ ޕްރޮޖެކްޓް ގެންދާނީ ދިގު ރާސްތާ ޕްލޭނެއްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ، މާލެ ކައިރިން ބޮޑު ބިމެއް ހިއްކަން ނިންމީ ވެސް އެހާ ބޮޑު ސްކޭލެއްގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އުފެއްދުމަށް ރާއްޖޭގެ ރަށެއް އެކަށީގެން ނުވާތީ ކަމަށެވެ.
"ދަނޑުވެރިކަމުގެ ވަރަށް ބޮޑު މަޝްރޫއެއް މިއީ. އެހެންވެ ރިސޯޓްތަކަށް ވެސް އަދި އާންމުންނަށް ވެސް ތާޒާ ކަމާ އެކު ފޯރުކޮށްދިނުމަށް ދަތުރުފަތުރުގެ ފަސޭހަކަން ވެސް މި ސަރަހައްދުގައި އެބައޮތް."
ދަނޑުވެރިކަން ކުރަން ބޭނުން ކުރާނީ ސޮއިލް ލެސް ޓެކްނޮލޮޖީތައް ކަމަށާއި ރާއްޖެއަށް އޯގަނިކް، ތާޒާ މޭވާ އާއި ތަރުކާރީ އާއި ފޯރުކޮށްދެވިއްޖެ ނަމަ، އިމްޕޯޓަށް ކުރާ ހޭދަ ވެސް ކުޑަކުރެވޭނެ ކަމަށެވެ.
"ހަގީގަތުގައި މިއީ މާ ކުރިން ވެސް ކުރަން ޖެހިފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި ހުރިހާ މޭވާ އާއި ތަރުކާރީއެއް އުފައްދާނަން. އަޅުގަނޑު މި އުންމީދު ކުރަނީ ފިޔާ ވެސް އުފައްދަން. ޓްރިޕިކަލް އޭރިއާތަކުގައި އުފައްދާ ހުރިހާ ބާވަތެއް އުފެއްދުން ބޭނުމަކީ."
"ޖުމްލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ވެސް ދަނޑުވެރިކަމަށް ވެސް މި ލިބެނި ވަރަށް ބޮޑު ފަސޭހައެއް."
ޗައިނާ ހާބާ އިން އެ ސަރަހައްދުގެ ބިން ހިއްކައި އިންފްރާސްޓްރަކްޗާ ގާއިމްކޮށް، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ހެދުމާއި މުދާ އުފުލުމަށް ހާއްސަ ޓާމިނަލެއް ވެސް ހަދާނެ އެވެ.
އެމްއައިޑީއެފްޒެޑް އަކީ ފަސް ކުންފުންޏެއްގެ ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. އެއީ އެސްޓީއޯ އާއި އާބަންކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ.
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯ ރަނގަޅު ހާލަތުގައި، ދެން އޮތީ ފުޅާކުރުން
"ތެޔޮ ރައްކާކުރަން މާގިރި ފަޅު 18 މަހުން ހިއްކާނެ"
ފެނަކައިން އެސްޓީއޯ އަށް 1.9 ބިލިއަން ދައްކަންޖެހޭ
"އަގުތައް ކޮންޓްރޯލް ކުރެވުނީ ދުރާލާ ތައްޔާރުވީމަ"
85 ޕަސެންޓް ގޭގެއަށް ރޯދަމަހު ހިލޭ ކާޑު ފޯރުކޮށްދިން