Roadha Mihaaru
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަންގެ ފައިދާ

01 މެއި 2024

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެ ކުންފުނިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ވަނީ 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ބަލާ އިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯގެ ސާފު ފައިދާވަނީ މިދިޔަ ކުއާޓަރަށް ވުރެ 46 ޕަސެންޓު އިތުރު ވެފަ އެވެ.

އޭގެ މައިގަނޑު ސަބަބަކީ، އެސްޓީއޯ އިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅު ކުރެވިފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުން އަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު އެސްޓީއޯ އަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައި ވެ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރަށް ވުރެ 91 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. އެއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

އެސްޓީއޯގައި ގާތްގަނޑަކަށް 2،200 މުވައްޒަފުން މަސައްކަތް ކުރާ އިރު، އެއީ ދައުލަތުގެ ހިއްސާ އޮންނަ އެންމެ ދުވަސްވީ ކުންފުންޏެވެ.