Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: މުގު ބޯކިބާ

07 އެޕްރީލް 2024

މުގަކީ ރިހަ ކެއްކުމުގެ އިތުރުން ވެސް ތަފާތު ވައްތަރުގެ ހެދިކާ ހެދުމަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. މުގުގައި "ބޯކިބާ" ވެސް މީރެވެ.

މުގަކީ ރިހަ ކެއްކުމުގެ އިތުރުން ވެސް ތަފާތު ވައްތަރުގެ ހެދިކާ ހެދުމަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ. މުގުގައި "ބޯކިބާ" ވެސް މީރެވެ.

ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.

މުގު ބޯކިބަލަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ހެދިކާއަކަށް ވާނެ އެވެ. އެއީ މި ބޯކިބަލުގައި ހަކަތަ ލިއްބައިދޭ މާއްދާ ކަމަށްވާ ހަނޑުލުގެ ބައި ނެތި، އޭގެ ބަދަލުގައި މުގު ހުރުމުން ކެލަރީ މަދުވާނެތީ އެވެ.

މުގަކީ ޕްރޮޓީން، ފައިބާ އަދި ނިއުޓްރިޝަންސް މުއްސަނދި ބާވަތެކެވެ. މުގުގެ ބާވަތްތައްކުން ލިބޭ ސިއްހީ ފައިދާތަކުގެ ތެރޭގައި މުގު ކެއުމުން ހަކުރުބަލި، އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން، ކެންސަރު އަދި ހިތުގެ ބަލިތައް ފަދަ ދިގުމުއްދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެ އެވެ.

މުގުގައި ޕްރީބަޔޮޓިކް ފައިބަރު ގިނައިން ހުންނައިރު، މިއީ ހަޖަމުކުރުމުގެ މަސައްކަތް ކުރިއަރުވައިދޭ ބާވަތެކެވެ. މުގަކީ ފައިބާ، ފޮލޭޓް އަދި ޕޮޓޭސިއަމް ގިނައިން ހުންނަ އެއްޗަކަށް ވާތީ ހިތާއި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މެނޭޖް ކުރުމަށް ވެސް މި ބާވަތުން އެހީވެދެ އެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު މުގު (މަޑުކޮށްފައި)

ހިކަނދިފަތް (ކޮށާފައި)

ބޮޑު 1 ފިޔާ (ކޮށާފައި)

1 ގިތެޔޮ މިރުސް

ލޮނު

ލުނބޯ

1 އިންޗި އިނގުރު (ގާނާފައި)

1 ޖޯޑު ވަޅޯ މަސް

1/4 ޖޯޑު ވަޅޯމަސް (ކޮށާފައި)

1/4 ޖޯޑު ހުނި

1/4 ސައިސަމްސާ ރީނދޫ

ތައްޔާރު ކުރާނެ ގޮތް:

ތައްޓަކަށް ހިކަނދިފަތް، ފިޔާ، މިރުސް، އިނގުރުއަޅައި ލުނބޮލުގެ ހުތާއި ލޮނު އަލައި މޮޑެލާށެވެ. އެއަށްފަހު ވަޅޯމަސްކޮޅާއި ހުނި އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް މޮޑެވުމުން މުގުކޮޅާއެކު އެއްްވަންދެން މޮޑެލާށެވެ.

ހުރިހާ އެއްޗެެއް ރަނގަޅަށް މޮޑެވުމުން އޭގެ ތެރެއަށް ރީންދުލާއި ފެން އަޅައި މޮޑެލާށެވެ.

އޭގެ ފަހުން ތަވައަކަށް ތެޔޮފޮދެއް އަޅައި ކުރިން ތައްޔާރުކުރި ބޯކިބާ ފުއްގަނޑު އަޅާލައި ފިހެލާށެވެ.

ޝިފާނާގެ ހެލްތު ޓިޕްސް

- ނޭވާލަން ބޭނުންކޮށްގެން ކުރެވޭ ކަސްތަރު ތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާ ކަސްރަތެއް

- އެއީ އަހަރުމެންގެ ޕެރެސެންތެޓިކް ނާވަސް ސިސްޓަމް ދުޅަހެޔޮކޮށްދޭ ކަސްރަތު ތަކެއް

- ޕެރެސެންތެޓިކް ނާވަސް ސިސްޓަމް ރަނގަޅުވުމުން ސިކުނޑީގެ ގާބިލްކަން އިތުރު ކޮށްދީ، ސްޓްރެސް ހޯމޯންސް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ވެސް އިތުރުކޮށްދޭ