Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަރަބޯ ރޮށި

28 މާޗް 2024

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ބޭނުންކޮށްގެން ތަފާތު ވަައްތަރުގެ ކާނާ ތައްޔާރު ކުރާއިރު އޭގެ ތެރޭގައި ރިހަ އާއި ކަނދި ކައްކައިގެންނާއި ބޯކުރުމުގެ އިތުރުން ހަނާކޮށްގެން ވެސް ބަރަބޯ ކައި އުޅެ އެވެ.

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ބޭނުންކޮށްގެން ތަފާތު ވަައްތަރުގެ ކާނާ ތައްޔާރު ކުރާއިރު އޭގެ ތެރޭގައި ރިހަ އާއި ކަނދި ކައްކައިގެންނާއި ބޯކުރުމުގެ އިތުރުން ހަނާކޮށްގެން ވެސް ބަރަބޯ ކައި އުޅެ އެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ބަރަބޯ ބޭނުންކޮށްގެން "ރޮށި" ތައްޔާރުކުރާނެ ގޮތެވެ. ރޮއްޓަކީ އެކި ވައްތަރުގެ ތަރުކާރީ އަޅައިގެން ވެސް ތައްޔާރު ކުރެވޭނެ އެއްޗެކެވެ.

ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.

ފަލަމަޑީގެ ބާވަތެއް ކަމަށްވާ ބަރަބޯގައި ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެ އެވެ. ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ވިޓަމިން އީ އިން މުއްސަނދިވެފައިވާ ބަރަބޯއަކީ ބަރުދަން ލުއިކުރުމާއި ސަރުބީ ދަށްކޮށްދިނުމަށް އެހީތެރިވެދޭ ތަރުކާރިއެކެވެ.

ބަރަބޯ ރޮށި.--

ބަރަބޯ ރޮށި.--

ބޭނުންވާ ތަކެތި:

1 ޖޯޑު ބަރަބޯ (ފެނުކައްކާފަ)

1/2 ޖޯޑު ފުއް

މޭޒުމަތީ 2 ސަމްސާ އޮލިވް އޮއިލް

ލޮނު

ތައްޔާރުކުރާނެ ގޮތް:

ފުއް މޮޑެވޭ ވަރުގެ ތައްޓަކަށް ފުށާއި ބަރަބޯ އަދި ލޮނާއި ތެޔޮފޮދު އަޅާށެވެ. އޭގެ ތެރެއަސް ހޫނުފެން އަޅާށެވެ.

އެއަށްފަހު ބަރަބޯތައް ޗިސް ކޮށްލުމަށްފަހު ފުށާއެއްކޮށް ރީތިކޮށް އެއްކޮށްލާށެވެ. ފުއްގަނޑު ރަނގަޅަށް ރޮށި ދެމޭ ވަރަށް އެއްކޮށްލުމަށްފަހު ބޭނުންވާ ވަރަށް ފުއް ގުޅަ ހަދާށެވެ.

ދެން ރޮށި ދަމާ، ފިހާނީ އެވެ.

ޝިފާނާގެ ހެލްތު ޓިޕްސް

• ތަރުކާރީ ކާންދޭން އުނދަގޫ ކުދިނަށް ރޮށި ތައްޔާރުކުރާއިރު ތަރުކާރީ އެޅުމަކީ ވަރަށް ރަނގަޅު ގޮތެއް އެބައި ތެރޭގައި ހިމަނަން

• ރޮށި ހަދާއިރު ބަރަބޯ އެޅުމުން މިންހެޔޮ ކާނާ ކާން ފަސޭހަވޭ

• ތަރުކާރީ ހައްދާއިރު ބޭނުންކުރާ ޕެސްޓިސައިޑްސް ނުވަތަ ގަސްކާނާ އަކީ ރައްކާތެރި މިންގަނޑެއްގައި ހުންނަ ޖެހޭ އެއްޗެހި ކަމަށް ވާން ޖެހޭ

• ދަނޑުވެރިކަމަކީ ސިއްހަތަށް ފައިދާވާ ގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި ހެދުން ވަރަށް މުހިންމު