Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ކަށިކެޔޮ ސްމޫތީ

21 މާޗް 2024

ކަށިކޭލުގެ އެކި ރަހަތައް ގިނަ ބަޔަކަށް ކަމުދެ އެވެ. މިފަހުން ކަށިކެޔޮ ބޭނުންކޮށްގެން ރަހަ މީރު، ސިއްހަތަށް ފައިދާ ހުރި އެކި ރެސިޕީތައް ހަދަ އެވެ. ކަށިކެޔޮ ސްމޫތީއަކީ ވެސް މީގެ ތެރެއިން ރަހައެކެވެ.

ކަށިކޭލުގެ އެކި ރަހަތައް ގިނަ ބަޔަކަށް ކަމުދެ އެވެ. މިފަހުން ކަށިކެޔޮ ބޭނުންކޮށްގެން ރަހަ މީރު، ސިއްހަތަށް ފައިދާ ހުރި އެކި ރެސިޕީތައް ހަދަ އެވެ. ކަށިކެޔޮ ސްމޫތީއަކީ ވެސް މީގެ ތެރެއިން ރަހައެކެވެ.

ކަށިކޭލުގެ ތަފާތު ވައްތަރުތައް ރާއްޖޭގައި ވެސް ހުރެ އެވެ. މިއީ ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރި ބާވަތެކެވެ. އޭރު ކަށިކެޔޮ ކައި އުޅެނީ ފޮތިކޮށް ކޮށައިގެންނާއި، ފަނި ކައްކައިގެންނެވެ. އަދި ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެންނެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް އަދި ސިއްހަތަށް ފައިދާ ހުރި ކާނާއަށް ހިތްވަރުދޭ، ޝިފާނާ މިއަދު ތައްޔާރުކޮށްދޭނީ "ކަށިކެޔޮ ސްމޫތީ" ތައްޔާރުކުރާނެ ގޮތެވެ. މިއީ ހަށިގަނޑަށް ފައިދާހުރި، ދިވެހި ރަހަތަކަށް ލޯބިކުރާ، ގިނަ ބަޔަކަށް ކަމުދާނެ ރެސިޕީއަކަށް ވާނެ އެވެ.

ރޯދައަށް ހާއްސަކުރި ރެސިޕީތަކުގައި ވީހާވެސް ބޮޑަށް ބެލީ ފަސޭހައިން އަވަހަށް، ކޮންމެ ރަށަކުން ވެސް ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން ކެއުންތައް ތައްޔާރުކުރުމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަށިކެޔޮ މުލުގައި އެންޓި އޮކްސިޑެންޓްގެ ބާރު ހުރެ އެވެ. އެގޮތުން ޕޮލީފީނޯލް އަދި ފްލޭވެނޮއިޑް ތައް އަދި ކެމިކަލްތައް ވަނީ މީގެ މުލުން ސައިންސްވެރިން ހޯދައިފަ އެވެ. އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭ މާއްދާ ތަކެކެވެ.

ކަށިކެޔޮ ސްމޫތީ

ކަށިކެޔޮ ސްމޫތީ

ބޭނުންވާ ތަކެތި:

2 ޖޯޑު ކަށިކެޔޮ (ލިޔެލާފައި)

މޭޒުމަތީ 2 ސަމުސާ ޕްލެއިން ޔޯގަޓް

1 ޖޯޑު ލޯފެޓް ކިރު

މޭޒުމަތީ 2 ސަމްސާ މާމުއި

ތައްޔާރު ކުރާނެ ގޮތް:

އެންމެފުރަތަމަ ކަށިޔޮ ފެނު ކެއްކުމަށްފަހު ތުނިކޮށް ލިޔެލާށެވެ. އެއަށްފަހު މިކްސަރަށް ކިރާ، ކަށިކެޔޮ އަދި މާމުއި އަޅައި ގިރާލާށެވެ. އޭރުން އެ ތައްޔާރުވީ ކަށިކެޔޮ ސްމޫތީ އެވެ.

މިހާ ފަސޭހަ މި ސްމޫތީއަކީ ރޯދަ ވިއްލާ ގަޑިއަށް ވެސް ވަރަށް ފައިދާ ހުރި ސްމޫތީއެކެވެ.

ޝިފާނާގެ ޓިޕްސް

• ކުޑަކުދިންނަށް ކުޑައިރުން ފެށިގެން ސިއްހަތަށް ފައިދާހުރި ކާނާ އާއި ބުއިންތައް ދިނުން ވަރަށް މުހިންމު

• ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވުމަށް ކުދިންނަކީ ހަރަކާތްތެރިވެ އުޅޭ ބަޔަކަށް ހަދަން ޖެހޭ

• އެންމެ ކުޑައިރުން ފެށިގެން ކުދިން ހަރަކާތްތެރިވެ އުޅެން އަހުލުވެރި ކުރުމަށްޓަކައި ކުދިންނަށް އެ މާހައުލު ބިނާކޮށްދޭން ޖެހޭ

• އެ ކުދިންގެ ހަށިގަނޑުގައިވާ ހުރިހާ މަސްތަކެއް، ހުޅުތަކެއް ބޭނުންކޮށް ހިތާއި ފުއްޕާމެޔާއި ދޭ ދައުރުކުރުމުގެ ނިޒާމު ރަނގަޅަށް ހިނގައި، ދާހިއްލާ ވަރަށް ކަސްރަތު ހަށިގަނޑަށް ލިބޭ ކުދިން ކަމުގައި ވާނަ ކުދިން ބޮޑެތިވާނީ ދުޅަހެޔޮ ސިއްހަތެއްގައި.

• ސްކޭޓިންއަކީ ވެސް ކުޑަކުދިންނަށް ވަރަށް ރަނގަޅު ހަރަކާތެއް.

• ކުދިން ބޮޑެތިވަމުން އަންނައިރު އެއީ އުފާވެރި ދުޅަހެޔޮ ކުދިންތަކެއްގެ ގޮތުގައި ބޮޑެތިވުމަށްޓަކައި އެ ކުދިންނަށް އެ ފުރުސަތު ހޯދައިދީ، ވީހާވެސް ގިނައިން ކުޅިވަރުތަކާއި އެކިއެކި ހަރަކާތްތަކުގައި ޝާމިލްވެ އުޅެން ފުރުސަތު ހޯދައިދިނުން ވަރަށް މުހިންމު.