Roadha Mihaaru

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަރަބޯ ޕިރިނީ

04 އެޕްރީލް 2024

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ބޭނުންކޮށްގެން ތަފާތު ވަައްތަރުގެ ކާނާ ތައްޔާރު ކުރެ އެވެ. ބަރަބޮލުގައި ރިހަ، ކަނދި، ހަނާކޮށްގެންނާއި ފެނު ކައްކައިގެން ވެސް ބޭނުން ކުރެ އެވެ.

ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ބަރަބޯ ބޭނުންކޮށްގެން ތަފާތު ވަައްތަރުގެ ކާނާ ތައްޔާރު ކުރެ އެވެ. ބަރަބޮލުގައި ރިހަ، ކަނދި، ހަނާކޮށްގެންނާއި ފެނު ކައްކައިގެން ވެސް ބޭނުން ކުރެ އެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ބަރަބޮލުގައި "ޕިރިނީ" ތައްޔާރުކުރާނެ ގޮތެވެ.

ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.

ފަލަމަޑީގެ ބާވަތެއް ކަމަށްވާ ބަރަބޯގައި ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެ އެވެ. ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ވިޓަމިން އީ އިން މުއްސަނދިވެފައިވާ ބަރަބޯއަކީ ބަރުދަން ލުއިކުރުމާއި ސަރުބީ ދަށްކޮށްދިނުމަށް އެހީތެރިވެދޭ ތަރުކާރިއެކެވެ.

ބަރަބޯ ޕިރިނީ

ބަރަބޯ ޕިރިނީ

ބޭނުންވާ ތަކެތި:

2 ޖޯޑު ފެން

1 ޖޯޑާއި ބައި ބަޓާނާ (ގާނާފައި)

1 ދަޅު ގެރިކިރު

1/3 ޖޯޑު ރަވާ

1 ރާނބާފަތް

6-8 ކާފޫރު ތޮޅި

ތައްޔާރު ކުރާނެ ގޮތް:

ތައްޔަކަށް ފެން އަޅައި އޭގެ ތެރެއަށް ރާނބާފަތާއި ކާފޫރުތޮޅި އަޅައި ކައްކާލާށެވެ. ރާނބާފަތާއި ކާފޫރުތޮޅީގެ ރަހަ ލާވަރަށް ފެންގަނޑު ކެކުމުން އޭގެ ތެރެއަށް ބަރަބޯ އަޅައި މަޑުވަންދެން ކައްކާލާށެވެ.

މަޑުވުމުން އޭގެ ތެރެއަށް ރަވާ އަޅާށެވެ. ރަވާކޮޅު ރަވާތައް ގަނޑުވިޔަ ނުދިނުމަށްޓަކައި އަޅާއިރު ދޭފަތުން މަޑުމަޑުން ހަލަމުން އަޅާށެވެ.

އޮލަވާން ފެށުމުން އޭގެ ތެރެއަށް ގެރިކިރު އަޅައި ރަނގަޅަށް އެއްވުމުން އުމދުންމަތިން ބާލާށެވެ.

ޝިފާނާގެ ހެލްތު ޓިޕްސް

- އެކި ކުލައިގެ ތަރުކާރީ އަދި މޭވާގައި ހުންނާނީ އެކި ބާވަތުގެ ވިޓަމިންސް އަދި މިނަރަލްސް

- ކޮންމެ ދުވަހަކު ވެސް އެކި ކުލައިގެ ތަރުކާރީ ކެއުމުގައި ހިމަނަން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދިނުމަށްޓަކައި ސަމާލުކަންދޭން ޖެހޭ.