Roadha Mihaaru
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކަނަމަދު ބޯޅަ

ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކަނަމަދު ބޯޅަ

31 މާޗް 2024

ކަނަމަދަކީ ޑައިޓްރީ ފޯސްފަރަސް ގިނަ އަދަދަކަށް ހުންނަ މަދެކެވެ. ވީމާ ކަށިތަކުގެ ދުޅަހެޔޮ ކަމަށް ވެސް މިއީ ވަރަށް ރަނގަޅު މަދެކެވެ.

ކަނަމަދަކީ ޑައިޓްރީ ފޯސްފަރަސް ގިނަ އަދަދަކަށް ހުންނަ މަދެކެވެ. ވީމާ ކަށިތަކުގެ ދުޅަހެޔޮ ކަމަށް ވެސް މިއީ ވަރަށް ރަނގަޅު މަދެކެވެ.

ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ކަނަމަދު ބޭނުންކޮށްގެން "ގޮއިދޫ ކަނަމަދު ބޯޅަ" ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

500ގ ކަނަމަދު (ރާޅުކޮށް މުގުރާފައި)

1/2 ޖޯޑު މައިލޯ ޕައުޑާ

1 ދަޅު ގެރިކިރު

ތައްޔާރު ކުރާނެ ގޮތް:

މުގުރާފައި ހުރި ކަނަމަދު ކޮޅާއި މައިލޯ އަދި ގެރިކިރު ތެއްޔަކަށް އަޅައި އުނދުންމަތީ ހިލާލާށެވެ. ރަނގަޅަށް ހިލާލުމަށްފަހު ކުޑަކޮށް ތަތްވާ ގޮތް ވުމުން އުނދުންމަތި ތެލި ބާލާށެވެ. ކުޑަކޮށް ހިހޫވުމުން ގުޅަ ހަދާލާށެވެ.

ޝިފާނާގެ ހެލްތް ޓިޕްސް

• ގިނަ އަދަދަކަށް ހަކުރު އޭގައި ހިމެނޭ ފޮނި އެއްޗިއްސަކީ އެހާ ގިނައިން އެއްފަހަރާ މައިގަނޑު ކެއުމެއްގެ ގޮތަށް ކާން ބޭނުންކުރާ އެއްޗެއް ނޫން

• ފޮނި އެއްޗެހި ކާން ވާނީ މަދުން، ހަށިގަނޑަށް ގެއްލުން ނުލިބޭވަރު ބަލައިގެން

• ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކާނާއާ އެކު ހަރަކާތްތެރިވެ އުޅުން ވެސް ވަރަށް މުހިންމު

• ކައިޓް ސާފިން ކުރާއިރު ބަނޑުގެ މަސްތައް ވަރަށް ބޮޑަށް ބޭނުން ކުރަން ޖެހޭ، މި ކުޅިވަރު ކުޅޭއިރު ބަނޑުގެ މަސްތަކުގައި ވަރު ޖެހޭނެ