20 މާޗް 2024
ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ ސަޓަންޏެވެ. އާއްމުކޮށް ތަރުކާރީ އާއި އެކި ބާވަތްތަކުގެ ފަތުން ސަޓަނި ހެދިޔަސް "މިހާރު" ބަދިގޭގައި މިއަދު އޮތީ ގަބުޅި ސަޓަންޏެވެ.
ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ ސަޓަންޏެވެ. އާއްމުކޮށް ތަރުކާރީ އާއި އެކި ބާވަތްތަކުގެ ފަތުން ސަޓަނި ހެދިޔަސް "މިހާރު" ބަދިގޭގައި މިއަދު އޮތީ ގަބުޅި ސަޓަންޏެވެ.
ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް އަދި ސިއްހަތަށް ފައިދާ ހުރި ކާނާއަށް ހިތްވަރުދޭ، ޝިފާނާ މިއަދު ތައްޔާރުކޮށްދޭނީ އަވަހަށް ހަރަދުކުޑަކޮށް، "ގަބުޅި ސަޓަނި" ތައްޔާރުކުރާނެ ގޮތެވެ. މިއީ ދިވެހި ރަހަތަކަށް ލޯބިކުރާ، ގިނަ ބަޔަކަށް ކަމުދާނެ ރެސިޕީއަކަށް ވާނެ އެވެ.
ރޯދައަށް ހާއްސަކުރި ރެސިޕީތަކުގައި ވީހާވެސް ބޮޑަށް ބެލީ ފަސޭހައިން އަވަހަށް، ކޮންމެ ރަށަކުން ވެސް ލިބެން ހުންނަ އެއްޗެހިން ކެއުންތައް ތައްޔާރުކުރުމަށެވެ.
ގަބުޅިއަކީ ދިވެހިންގެ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. ގަބުޅިން ލިބޭ ފައިދާތަކުގެ ތެރޭގައި މެންގަނީޒް އާއި ޕޮޓޭސިއަމް ވަރަށް ގިނައިން ހިމެނެ އެވެ. އަދި ގަބުޅީގެ ފެނަކީ ވަރަށް ގިނަ މިނަރަލްސް އަދި ރީހައިޑްރޭޝަން ސޯލްޓް ވެސް އެކުލެވޭ ފެނެކެވެ.
ގަބުޅި ސަޓަނި
ހެޔޮވަރު ވަރުގެ 1 ގަބުޅި (ފޮތި ފޮއްޗަށް ނެގޭ ގޮތަށް ގާނާފައި)
1 ފިޔާ
2 ތޮޅި މިރުސް
ލޮނު (ރަހަ ހެޔޮވަރު ވާ ވަރަށް)
1 ކިބަ ހިކިމަސް (ކޮށާފައި)
1 ލުނބޯގެ ހުތް
އެހާ ހަރު އަދި މަޑު ނޫން، ސަޓަންޏަށް ހެޔޮވަރުވަރުގެ ގަބުޅި ބިނދެލުމަށް ފަހު ފެންފޮދު ވަކިން ތައްޓަކަށް ނަގާށެވެ. އެއަށް ފަހު އެ ގަބުޅި ތަންކޮޅެއް ބޮޑަށް ފޮތިފޮއްޗަށް ނެގޭނެހެން ގާނާލާށެވެ.
ތައްޓަކަށް ފިޔަ އާއި މިރުސް ކޮށުމަށްފަހު އެއަށް ލޮނުކޮޅު އަޅައި، ލުނބޯ ހުތް ފެލާލުމަށް ފަހު މޮޑެލާށެވެ. މަސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލައި ގަބުޅިކޮޅާ އެކު މޮޑެލާށެވެ. ދެން ވަކިން ނެގި ގަބުޅި ފެންފޮދު އަޅާ މޮޑެލާށެވެ.
ގަބުޅި ސަޓަންޏަކީ ބަތާއި ރޮއްޓާއިރު ކާއިރު ވެސް ބޭނުން ކުރެވިދާނެ ވަރަށް މީރު ސަޓަންޏެކެވެ.
• ޕެކެޓް ކާނާއާ ދުރުވެ ތާޒާ ކާބޯތަކެތިން ތައްޔާރުކުރެވޭ ކާއެއްޗިއްސަކީ ސިއްހަތަށް އެންމެ ފައިދާހުރި ތަކެތި
• ގަބުޅިފަދަ ފަސޭހައިން ލިބެން ތަކެތިން ގޭގައި ތައްޔާރުކުރާ ކާބޯތަކެތިން ބަލިތަކުން ދުރުވާނެ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަނާނާ ޕޭންކޭކް
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަރަބޯ ޕިރިނީ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ވޮފުލްސް
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ހުމުސް
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ކަށިކެޔޮ ސްމޫތީ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: މުގު ބޯކިބާ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކުޅިމަސް
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ޅޮސްފަތު ރިހަ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކަނަމަދު ބޯޅަ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަރަބޯ ރޮށި