04 އެޕްރީލް 2024
މެންޗެސްޓާ (އޭޕްރީލް 4) –އެސްޓަން ވިލާއާ ދެކޮޅަށް ރޭ ހެޓްރިކް ހެދި މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާ، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީއާ އަޅާކިޔައިފަ އެވެ.
މެންޗެސްޓާ (އޭޕްރީލް 4) –އެސްޓަން ވިލާއާ ދެކޮޅަށް ރޭ ހެޓްރިކް ހެދި މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާ، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީއާ އަޅާކިޔައިފަ އެވެ.
ރޫނީއާ، ފޮޑެން އަޅާކިޔުން ސިޓީގެ ސަޕޯޓަރުންނަށް މާ ކަމުދާކަމަކަށް ނުވާނެ އެވެ. އެކަމަކު ރޭ ހެދި ހެޓްރިކާ އެކު ސިޓީގެ ޖެކް ގްރިލީޝް ބުނީ ފޮޑެން ރޭ ޖެހި ލަނޑުތަކުން ހަނދާން ވަނީ ރޫނީގެ މަތިން ކަމަށެވެ.
ވިލާގެ ގޯލަށް ވައްދާލި ސިޓީގެ ދެވަނަ ލަނޑު، ފޮޑެން ޖެހީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.
"އެއީ ރޫނީގެ ހިނދުކޮޅެއް" ފޮޑެންގެ އާ ބެހޭގޮތުން ގްރިލީޝް ބުންޏެވެ.
ސިޓީއާ ދެކޮޅަށް ޔުނައިޓެޑް 2011 ގައި ކުޅުނު މެޗުގައި ރޫނީ ވައްދާލި ބައިސްކަލް ކިކް ގޯލަކީ ޕްރިމިއާ ލީގުގައި ވެސް ފާހަގަ ކުރެވޭ މޮޅު ގޯލެކެވެ. ސިޓީގެ ސަޕޯޓަރުންނަށް ހިތްދަތިކަން ގެނައި އެ ހަނދާންތައް އޮތީ ރޫނީއާ ގުޅިފަ އެވެ.
ރޫނީއާ، ފޮޑެންއާ އަޅާކިޔަން ބޮޑަށް ޖެހުނީ އޭނާ ހެޓްރިކް ހެދި ލަނޑުންނެވެ. އޭރިއާގެ ބޭރުން ލިބުނު ބޯޅަ ގޯލްތެރެއަށް އޭނާ އޮއްސާލީ އެވެ. އެއީ މީގެ ހަ އަހަރު ކުރިން ނިއުކާސަލް ކޮޅަށް ރޫނީ ވައްދާލި ކަހަލަ ލަނޑެކެވެ.
"އަހަރެން އެ ގޯލް ޖަހައި އުފާފާޅުކޮށް ނިމިގެން އަންނަން އެނބުރިލިތަނުން ޖެކް [ގްރިލީޝް" ބުނީ (ރޫނީގެ ގޯލޯ) ވައްތަރުކަމަށް. އަހަރެން ވެސް ހަނދާންވީ ވޭން ރޫނީގެ ގޯލްގެ މަތިން،" މެޗަށް ފަހު ފޮޑެން ބުންޏެވެ.
އާސެނަލުން ލުޓަން ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 ންނެވެ. ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު ކުޅެ މި ވަގުތު އެއްވަނައިގައި އޮތީ އާސެނަލް އެވެ. ސިޓީ އަށް އަދި ވެސް ތިންވަނަ އެވެ.
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ވިލާގައި ސިޓީ އަށް "ކުޑަކުޑަކޮށް އުނދަގޫ ހާލަތެއް"
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ސިޓީ ސޮއްސާލައިފި، އާސެނަލް ކުރިހޯދީ ގަދަ ރޫހެއްގައި
ސިޓީ ސަޕޯޓަރުންގެ ހަޅުތާލުން ޓީމަށް ލިބުނީ ބޫސްޓެއް
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް