01 އެޕްރީލް 2024
މެޑްރިޑް (އޭޕްރީލް 1) – އެތުލެޓިކް ކްލަބް ބިލްބާއޯ ބަލިކުރަން ދެ ލަނޑު ޖެހުމަށް ފަހު، ކިލިޔަން އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއި ކުރުމުގެ ވަގުތު ކައިރިވެއްޖެ ކަމަށް، އެ ޓީމުގެ ފޯވާޑް ރޮޑްރިގޯ ގޮއިސް ބުނެފި އެވެ.
މެޑްރިޑް (އޭޕްރީލް 1) – އެތުލެޓިކް ކްލަބް ބިލްބާއޯ ބަލިކުރަން ދެ ލަނޑު ޖެހުމަށް ފަހު، ކިލިޔަން އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއި ކުރުމުގެ ވަގުތު ކައިރިވެއްޖެ ކަމަށް، އެ ޓީމުގެ ފޯވާޑް ރޮޑްރިގޯ ގޮއިސް ބުނެފި އެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު، ރެއާލް ކުޅުނު ފުރަތަމަ މެޗަށް ވިނީޝިއުސް ޖޫނިއާ ސަސްޕެންޝަނުގައި ހުރުމުން، ރޮޑްރިގޯ ކުޅުވީ ވައާތު ފަޅިއަށެވެ. ކަނާތް ފަޅިއަށް ކުޅުވީ ބްރަހީމް ޑިއާޒް އެވެ.
އާންމުކޮށް ކުޅޭ މަގާމުގެ ބަދަލުގައި އެހެން ތަނަކަށް ކުޅުނަސް، މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ޖެހީ ރޮޑްރިގޯ އެވެ.
"އަހަރެންނަށް ހީވަނީ، ރެއާލް މެޑްރިޑް ކުޅޭ ސްޓައިލްގެ ސަބަބުން، އަބަދުވެސް އެ މަގާމުގައި ކުޅޭ ކޮންމެ މީހަކު ފައިދާ ކުރާހެން. އަހަރެން މިހުރީ ހިތްހަމަޖެހިގެން މިއަދު ދިޔައީ ވަރަށް ރަނގަޅަށް ކަނާތްފަރާތަށް ކުޅެމުން ވެސް އެކަން ކުރަން ބޭނުން،" ރޮޑްރިގޯ ބުންޏެވެ.
ރޮޑްރިގޯ އާ ދެން ސުވާލު ކުރީ އެމްބާޕޭއާ ބެހޭގޮތުންނެވެ. ރޮޑްރިގޯ ބުނީ އެމްބާޕޭއާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
"އެމްބާޕޭއާ ބެހޭގޮތުން އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެ. އަހަންނަށް ހީންވަނީ މިހާރު އެކަން ކައިރިވެއްޖެކަމަށް. އެންމެން ވެސް ބުނަނީ އެހެން. އެހަރެން އެކަމުގައި ކަލޭމެންނަށް [މީޑިއާ އަށް] އިތުބާރު ކުރަން. އެކަމުގައި ހިނގަމުންދާ އެއްވެސް ކަމެއް އަހަންނަކަށް ނޭނގެ. އަހަރެމެންގެ ތެރޭގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. ކޯޗު ނިންމާނީ ފުރުސަތު ދޭނެ ކުޅުންތެރިޔަކީ ކޮބައިކަން،" ރޮޑްރިގޯ ބުންޏެވެ.
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު