26 އޯގަސްޓް 2024
މެޑްރިޑް (އޮގަސްޓް 26) - އުމުރުން 18 އަހަރު ފުރުމާ އެކު ރެއާލް މެޑްރިޑަށް ބަދަލުވި ބްރެޒިލްގެ އުންމީދީ ފޯވާޑް އެންޑްރިކް، ކިލިއަން އެމްބާޕޭގެ ބަދަލުގައި ކުޅެން އަރައި އޭނާގެ ފުރަތަމަ މެޗުގައި ގޯލު ޖަހައިފި އެވެ.
މެޑްރިޑް (އޮގަސްޓް 26) - އުމުރުން 18 އަހަރު ފުރުމާ އެކު ރެއާލް މެޑްރިޑަށް ބަދަލުވި ބްރެޒިލްގެ އުންމީދީ ފޯވާޑް އެންޑްރިކް، ކިލިއަން އެމްބާޕޭގެ ބަދަލުގައި ކުޅެން އަރައި އޭނާގެ ފުރަތަމަ މެޗުގައި ގޯލު ޖަހައިފި އެވެ.
ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 3-0 އިންނެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ފެޑެރިކޯ ވެލްވާޑޭ ޖަހައިދން ގޯލަށް ފަހު، ރެއާލަށް އިތުރު ގޯލެއް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ބްރަހީމް ޑިއާޒް އެވެ. އޭނާ މި ލަނޑު ޖެހީ 88 ވަނަ މިނިޓުގަ އެވެ.
އެންޑްރިކް ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގަ އެވެ. އޭނާ ވަނީ މިދިޔަ މާޗު މަހު އިންގްލެންޑާ ދެކޮޅަށް، ބްރެޒިލް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.
އެމްބާޕޭ ވަނީ ސީޒަން ހުޅުވަން ކުޅުނު ސުޕަ ކަޕް މެޗުގައި ގޯލު ޖަހައިފަ އެވެ. ނަމަވެސް މި ސީޒަންގައި ރެއާލަށް ބަދަލުވި ފޯވާޑަށް ލީގުގައި ކުޅުނު ދެ މެޗުން ވެސް ލަނޑެއް ޖެހޭ ގޮތެއް ނުވެ އެވެ. ލީގުގެ ފުރަތަމަ މެޗުގައި މަޔޯކާއާ ދެކޮޅަށް 1-1 އިން އެއްވަރުވި މެޗުގައި އޭނާ ފުލް ކޮށް ކުޅެފައިވެ އެވެ.
ވާދަވެރި ބާސެލޯނާ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 2-1 އިން މޮޅުވި އިރު، މި ހަފްތާ އެތުލެޓިކް ބިލްބާއޯ އަތުން ވެސް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ.
ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަމީން ޔަމާލް މި ސީޒަންގައި އޭނާގެ ފުރަތަމަ ގޯލުން ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އިދިކޮޅުން އެއްވަރުކުރީ ޕެނަލްޓީއަކުންނެވެ. ފަހު ހާފުގައި ބާސާ މޮޅު ކޮށްދިން ގޯލު ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ.
އެތުލެޓިިކޯ މެޑްރިޑް ވެސް ވަނީ ރޭ ޖިރޯނާއާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި އެންޓޮއިން ގްރީޒްމަންގެ ލަނޑުން ލީޑު ނެގިއިރު، ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ލީޑު ފުޅާ ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ކޯކޭ އެވެ.
ބާސެލޯނާ އާއި ސެލްޓަ ވީގޯ ކުޅުނު ދެ މެޗުން މިހާތަނަށް ހަ ޕޮއިންޓް ހޯދާފައި ވާއިރު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
މޮޅުކޮށްދިނުމަށްފަހު ރޮޑްރިގޯ ދެއްކީ އެމްބާޕޭގެ ވާހަކަ
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު
އެމްބާޕޭ ސޮއިކުރިކަން ރެއާލުން ރަސްމީކޮށް އިއުލާންކޮށްފި
ރެއާލަކީ އީގޯ ބޮޑު ޓީމެއްކަން އެމްބާޕޭއަށް ބުނެ ދީފި
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ