ފަލަސްތީނުގެ ޣައްޒާގެ ހާލަތު މައިންނާއި ތުއްތު ކުދިންނަށް ނާމާންކަން ބޮޑު ތަނަކަށް ވެފައިވާ ކަމަށާއި މިހާރު އުފަންވާ ކުދިން އާދަޔާ ހިލާފަށް ކުދިވެފައި ހިކި ކަމަށް ފާހަގަކުރެވޭއިރު އުފަންވާއިރު މަރުވެފައި ތިބޭ ކުދިން ވެސް ގިނަ ކަމަށާއި ހޭނުނައްތާ ސިޒޭރިއަން ހަދަން ޖެހުން ވެސް އާންމުވަމުންދާ ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ހާލަތު މައިންނާއި ތުއްތު ކުދިންނަށް ނާމާންކަން ބޮޑު ތަނަކަށް ވެފައިވާ ކަމަށާއި މިހާރު އުފަންވާ ކުދިން އާދަޔާ ހިލާފަށް ކުދިވެފައި ހިކި ކަމަށް ފާހަގަކުރެވޭއިރު އުފަންވާއިރު މަރުވެފައި ތިބޭ ކުދިން ވެސް ގިނަ ކަމަށާއި ހޭނުނައްތާ ސިޒޭރިއަން ހަދަން ޖެހުން ވެސް އާންމުވަމުންދާ ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފި އެވެ.
"އަޅުގަނޑު މި ހަފްތާގައި ޣައްޒާއިން މި ނިކުންނަނީ އެތަނުގައި ތިބި އެއް މިލިއަން އަންހެނުންނާއި ކުޑަކުދިންނަށް ވެދާނެ ގޮތަކާ މެދު ބިރުން ހުރެ. އަދި ހާއްސަކޮށް، ޣައްޒާގައި ކޮންމެ ދުވަހަކު 180 މީހުން ވިހާރު އެ މީހުންނާ މެދު ވަކިން ކަންބޮޑުވޭ،" ޔޫއެން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ފަލަސްތީނަށް ކަނޑަަޅާފައިވާ މަންދޫބު ޑޮމިނިކް އެލަން ގުދުސްގައި ހުންނަވައި ވީޑިއޯ ކޮންފަރެންސްކޮށް ދެއްވި ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.
"ޑޮކްޓަރުން މިހާރު ބުނަމުންދަނީ އާދައިގެ ބަރުދަނުގައި ކުދިން އުފަން ނުވާ ކަމަށް،" ހޮސްޕިޓަލްތަކަށް ވަޑައިގަތުމަށް ފަހު ދެއްވި ބްރީފިންގައި އެލަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އުފަންވާއިރު މަރުވެފައި ތިބޭ ކުދިން އިތުރުވަމުން ދާއިރު ރަނގަޅު ކާނާ އާއި ސިއްހީ ފަރުވާ ނުދެވިގެން މަރުވާ ކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ މައިންނާއި ކުދިންނަށް ކުރިމަތިވެފައިވަނީ ނާމާންކަމާއި ހިތްދަތިކަމެވެ.
ވިހެއުމުގެ ތެރޭގައި މައްސަލަތައް ދިމާވާ ހާދިސާތައް، އިޒްރޭލުގެ ހަމަލާތައް ފެށުމުގެ ކުރިއާ ކުރިއާ އަޅާބަލާއިރު ދެ ގުނަ އިތުރުވެއްޖެ ކަމަށާއި މާބަނޑު މީހުންނަށް ބޭނުންވާ ސާމާނު ހޯދުމަކީ ވެސް އާއިލާތަކަށް ކުރެވޭ ވަރުގެ ކަމަކަށް މިހާރު ނުވާ ކަމަށް އެލަން ވިދާޅުވި އެވެ.
އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމާސް އިން ހަމަލާ ދީ ހާހެއްހާ މީހުން މަރާލުމުން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހަމަލާތައް ފެށި ފަހުން ފަލަސްތީނުން މިހާތަނަށް 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ގެތޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ހަމަލާތައް ހުއްޓުމަކަށް ގެންނަން ގޮވާލިޔަސް އިޒްރޭލުން އަދިވެސް ވިސްނަމުންދަނީ މިހާތަނަށް އެއްގަމު މަގުން ނާރައި އޮތް ރަފަހް އަށް ވެސް އަރައި އަސްކަރީ ހަރަކާތްތައް ހިންގާށެވެ. -- އޭއެފްޕީ
ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި
ހަމަލާތަކުގެ ތެރޭ ޣައްޒާގައި 20000 ކުދިން އުފަންވި
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާއަށް އަޅާލުމެއް ނެތުމުން ހައިރާންވޭ: އދ
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު