Roadha Mihaaru
ހައުސިން ކޮމިޓީއަށް ލަފާދޭން ސިޓީ ކައުންސިލް ކޮމިޓީއެއް

ހައުސިން ކޮމިޓީއަށް ލަފާ ދޭން ސިޓީ ކައުންސިލްގެ ކޮމިޓީއެއް

15 މާޗް 2024

ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފައްދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފައްދައިފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާތީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން ފަސް ކައުންސިލްރުންގެ ކޮމިޓީއެއް، މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ވަނީ އެކުލަވާލައްވާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

- މަރިޔަމް ނާޒިމް މުހައްމަދު ފާއިޒް

- އާއިޝަތު ނިޒްލީ ރަޝީދު

- އަހުމަދު އައިފާން

- ހަސަން ނިޒާމް

މުހައްމަދު އަރީޝް

ކައުންސިލަރުންގެ ފުރަތަމަ ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ބާއްވާނެ އެވެ. އެ ކޮމިޓީގެ ސެކްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީންނެވެ.

ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

- އަނީސާ އަހްމަދު

- އަބްދުލްއަޒީޒް ޔޫސުފް

- އާމިނަތު އީނާސް

- އަހްމަދު އަލިމަނިކު

- މަރިޔަމް ފިޒާނާ ރަޝީދު

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ބުނެފައިވަނީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ. އެ ކަންކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.