Roadha Mihaaru
ޗެލްސީއަށް އާޖެންޓީނާގެ ކްލަބެއް ގަންނަން އުނދަގޫވާނެ

ޗެލްސީގެ ވެރިންނަށް އާޖެންޓީނާގެ ކްލަބެއް ގަތުން ވަނީ އުނދަގޫކަމަކަށް: ޕޮޗެޓިނޯ

18 ފެބުރުއަރީ 2024

ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީގެ ކޮންސޯޓިއަމްއަށް، އާޖެންޓީނާގެ ކްލަބެއް ގަންނަން އުނދަގޫ ވާނެ ކަމަށް، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ޗެލްސީގެ ވެރިޔާ އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީގެ ކޮންސޯޓިއަމްއަށް، އާޖެންޓީނާގެ ކްލަބެއް ގަންނަން އުނދަގޫ ވާނެ ކަމަށް، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ބޮއެލީގެ ކޮންސޯޓިއަމުން، ވަނީ މިދިޔަ ޖޫން މަހު ފްރާންސްގެ ސްޓްރަސްބޯގް ގަނެފަ އެވެ. ފްރާންސްގެ ލީގުގައި ވާދަކުރާ އެ ކްލަބް ގަނެ ފުދުނީއެއް ނޫނެނެވެ. ޗެލްސީގެ ވެރިންގެ އުންމީދު އަދި ފުރިހަމައެއް ނުވެ އެވެ. އެހެން ގައުމުތަކުން ވެސް ކްލަބްތައް ގަތުމުގެ ވިސްނުން ބޮއެލީގެ ކޮންސޯޓިއަމުން ގެންގުޅެ އެވެ.

އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއީ، މިދިޔަ މަހު ވިދާޅުވެފައި ވަނީ އެ ގައުމުގެ ކްލަބެއް ގަންނަން ޗެލްސީގެ ވެރިން ޝައުގުވެރިވާ ކަމަށެވެ.

އާޖެންޓީނާގެ ނިއު އޯލްޑް ބޯއީސްއިން ކެރިއާ ފެށި ޕޮޗެޓިނޯ ބުނިގޮތުގައި، އެ ގައުމުގެ ކްލަބެއް ގަތުން ޗެލްސީގެ ވެރިނަނަށް ވާނީ އުނދަގޫ ކަމަކަށެވެ.

"އާޖެންޓީނާ އަކީ އާންމުކޮށް މިތަނުގައި [އިންގްލލެންޑް] މި އޮންނަ ގޮތާ ތަފާތު ގައުމަކަށް ވާތީ، (މިތާންގައި) ބޭރުން މީހުން އައިސް ކްލަބްތައް ގަންނަ ގައުމަކަށް ވިޔަސް އާޖެންޓީނާގައި މިއީ ވަރަށް އުނދަގޫ ކަމެއް،" ޕޮޗެޓިނޯ ބުންޏެވެ.

"އާޖެންޓީނާގައި ސަޕޯޓަރުންނަށް ހީވަނީ އެއީ ކްލަބަށް [މެނޭޖްމެންޓަށް] ނިސްބަތްވާ ބައެއް ކަމަށް. ކްލަބަކީ އެ މީހުންގެ އަމިއްލަ އެއްޗެއްކަމަށް. އެ ވިސްނުން ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން. އަހަންނަކަށް ގަބޫލެއް ނުކުރެވޭ އެތަނުގައި ކްލަބެއް ގަންނަން މި ވަގުތު ފަސޭހަވާނެ ކަމަކަށް."