Roadha Mihaaru
ޗެލްސީގެ ކުޅުމާ ހެދި ޕޮޗެޓީނޯ ވަރަށް ރުޅިގަދަ ވެއްޖެ

ޗެލްސީގެ ކުޅުމާ ހެދި ޕޮޗެޓީނޯ "ވަރަށް ރުޅިގަދަ" ވެއްޖެ

26 ނޮވެމްބަރ 2023

ނިއުކާސަލް (ނޮވެމްބަރު 26) - ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 ރޭ ބަލިވި މެޗަކީ މުޅި ސީޒަންގައި ވެސް ޗެލްސީގެ ޓީމުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން ކަމަށް، އެ ޓީމުގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ނިއުކާސަލް (ނޮވެމްބަރު 26) - ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 ރޭ ބަލިވި މެޗަކީ މުޅި ސީޒަންގައި ވެސް ޗެލްސީގެ ޓީމުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން ކަމަށް، އެ ޓީމުގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ނިއުކާސަލް އިން ފުރަތަލަ ލީޑް ނެގި ލަނޑު ޖެހީ އެލްގްޒެންޑާ އިސާކް އެވެ. ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ރަހީމް ސްޓާލިން އެވެ. ނިއުކާސަލް އަލުން ލީޑް ނެގައި ތަފާތު ބޮޑު ކުރީ ދެވަނަ ހާފުގަ އެވެ.

އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުނު ދެ މެޗުގައި ޗެލްސީން ވަނީ ސިޓީ އާއި ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެކަމަކު އިންޓަނޭޝަނަލް ބްރޭކަށް ފަހު އަލުން އެނބުރި އައި މެޗުގައި އެ ފޯމް އެ ޓީމަށް ނުދެއްކުނެވެ. ކުރިމަތިވެފައި އޮތް ސަސްޕެންޝަނެއްގެ ޕޮޗެޓީނޯ އަށް ބެންޗުގައި ނުހުރެވުނެވެ.

"މިއީ ސީޒަނުގައި މިހާތަނަށް ކުޅުނު އެންމެ ގޯސް މެޗު،" ޕޮޗެޓީނޯ ބުންޏެވެ.

"އިދިކޮޅު ޓީމުން ކުރާ ޗެލެންޖްތަކަށް އަހަރެމެން ތިބީ މަޑުމަޑުން. ވާދަވެރިކަމެއް ނުދެއްކުނު. ކުޅެނީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫންހެން ހީވަނީ. އެއީ އަހަރެން ރުޅިއައިސް މާޔޫސްވާ ކަމަކީ މި މެޗުތަކުގައި އަހަރެމެން ދަސްކުރަން ޖެހޭ، އަހަރެން މިހުރީ ވަރަށް ވަރަށް ވަރަށް ވަރަށް ރުޅިއައިސްފައި. ސަބަބަކީ އަހަރެމެންނަށް ހިތްވަރައި ކުޅުންތެރިންގެ ފެންވަރު ހުރިެ އެކަން ނުދެއްކީމަ."

މެޗުގެ ފަހު 15 މިނެޓް ޗެލްސީން ކުޅުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ރީސް ޖޭމްސް އަށް ވަނީ 73 ވަނަ މިނެޓްގައި ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.