Roadha Mihaaru
"ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް ނުކުރާނަން"

ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް ނުކުރާނަން: ފައިސަލް

24 ޖެނުއަރީ 2024

ދިވެހި ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރު ދެއްކުމަށް ބޭރުން މީހުން ގެނައުމަށް ވިސާ ދޫކޮށްދިނުމަށް އެދި އެ މިނިސްޓްރީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ޖަމިއްޔާގެ ހުށަހެޅުމުގައި ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ ޑިމާންޑާ އެއްވަރަށް ދިވެހި ފަންނާނުން ނުލިބޭ ކަމަށެވެ. ދިވެހި މިއުޒީޝަނުންނާއި މުނިފޫހިފިލުވައިދޭ މީހުންނަކީ ގާތްގަނޑަކަށް ނެތް ބައެއް ކަމަށް ވެސް، މަޓީގެ ހުށަހެޅުމުގައި ވެ އެވެ.

އެކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅުން ހުރި ބޭފުޅުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން." އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުން ބޭރު މިއުޒިޝަނުންނާއި ފަންނުވެރިންނަށް ވިސާ ދިނުން ހުއްޓާލީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރަން ބޭރުގެ އާޓިސްޓުންނަށް ވިސާ ދިނުމުގެ އިތުރުން، މަޓީން ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށްދިނުމަށް ވެސް އެދިފަ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ، ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރުމެވެ. އެހެންވެ، އުސޫލަށް ބަދަލުގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތެއް ބެލުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.