08 އޯގަސްޓް 2024
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޓޫރިޒަމް ދާއިރާގެ ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޓޫރިޒަމް ދާއިރާގެ ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ވީހާ ވެސް ގިނަ ޒުވާނުން ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރަން ފެށުން ކަމަށެވެ.
"ރަނގަޅު އިންޓްރެސްޓް ރޭޓުތަކެއްގައި ގެސްޓް ހައުސްތަކާއި ހޮޓެލްތައް އެޅުމަށް އެކަށޭނެ އަދަދަކަށް ފައިސާ/ ލޯނުތަކެއް ތައާރަފް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށް، މި އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އަށް ހާއްސަ ލޯނުތައް ތައާރަފު ކުރެވޭނެ ކަމަށެވެ. އެ ލޯނުތަކާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެސްޓް ހައުސް އާއި ރިސޯޓުތައް އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެކެން ބޭނުންވަނީ އައްޑޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓު ފްލައިޓު ޖައްސައި، އެ ތާނގައި ހުންނަ އެނދުތައް ފުރޭނެ ގޮތަކަށް ދިވެހި ރާއްޖޭގެ ޓޫރިޒަމް ބައްޓަން ވެގެން ދިއުން،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އޮތް ހާލަތު ބަދަލު ކުރަން ކޮންމެ އަތޮޅެއްގައި 6،000 އެނދު ހުންނަން ޖެހެ އެވެ.
ފައިސަލް ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހާއްސަ ޓޫރިޒަމް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފަދަ ޕްލޭނަކާ އެކު، ކޮންމެ އަތޮޅެއްގައި ހިންގާނެ ރިސޯޓުތަކުގެ އަދަދާއި ގެސްޓް ހައުސްތަކުގެ އަދަދުތައް ވެސް ކަނޑައަޅައި، އެ ކަންކަން ހާސިލު ކުރަން މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް
ޓޫރިޒަމަށް އައްޑޫ ޕްރޮމޯޓްކުރަންވީ އިނގިރޭސިވިލާތުގައި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"