މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްނަގައިގެން އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
07 މެއި 2025
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްނަގައިގެން އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
"މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)" ގެ ނަމުގައި ފެށި މަޝްރޫއުގައި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީން ބައިވެރިވެ އެވެ. މިފްސީގެ ދަށުން ބީއެމްއެލް އިން ކުރިއަށް އޮތް ތިން އަހަރު، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ އެވެ. އެމްއައިބީން 30 މިލިއަން އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރަން ވަނީ ނިންމާފަ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު. އެމަނިކުފާނު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާ ކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
"އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން. އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް މިހާރަށް ވުރެ ފުޅާކުރުމަކީ، އެމްއެމްއޭއިން 2025-2027 ވަނަ އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ރާއްޖެއަކީ މި ސަރަހައްދުގެ ހަބަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
"އެމްއެމްއޭ ތަންވީލް ޕްރޮޖެކްޓް މިހާރު ވަނީ ފަށާފައި. އޭގެ ބޭނުމަކީ އާންމުން ހޭލުންތެރިކޮށް، އިންސްޓިޓިއުޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ ގަވަރުނަރު މުނައްވަރު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން މުޖުތަމައުގައި އިގްތިސާދީ ހަމަހަމަކަން އިތުރުކުރެވޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ގަވަރުނަރު ވިދާޅުވީ، މިއަދު ފެށި މިފްސީ ޕްރޮޖެކްޓްގެ ދަށުން މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމް ކުރުމަށާއި އިގްތިސާދު ކުރިއެރުވުމުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރު ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ފަހިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފްސީ އަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ދިރާސާއެއްވެސް ކޮށްފަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އަންހެނުންނާއި މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ލިބިގެންދާނެ އެވެ.
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި
ޓޫރިޒަމަށް ހާއްސަ ލޯނުތަކެއް ތައާރަފުކުރަނީ
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ޗެކުން ނެގޭނެ އެންމެ މަތީ އަދަދަކަށް 50،000ރ.