26 އޯގަސްޓް 2024
މިއީ ލޯ މަރާލާފައި ހަރަދުތައް ކުޑަކުރަންވީ ވަގުތު ކަމަށާއި ފިޔަވަޅުތައް އަވަސްކުރުން ނޫން ގޮތެއް ނެތް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
މިއީ ލޯ މަރާލާފައި ހަރަދުތައް ކުޑަކުރަންވީ ވަގުތު ކަމަށާއި ފިޔަވަޅުތައް އަވަސްކުރުން ނޫން ގޮތެއް ނެތް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ދަރަނި ކުޑަކުރުމަށް ވައުދުވެގެން ކަމަށާއި އެކަމަކު އެކަން ނުކުރި ކަމަށެވެ. އޭނާ ވިދާޅުވީ، ދަރަނި ރީފައިނޭންސް ކޮށްގެން މި ހާލަތު ރަނގަޅު ކުރެވެން ނެތް ކަމަށާއި ހަމައެކަނި އޮތީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށެވެ.
ދައުލަތުގެ ދަރަނި އެހާ ބޮޑަށް އުފުލިފައިވާ އިރު މިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ދައުލަތުގެ ދަރަންޏަށް 56 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އޭރު ވެސް ގޮވާލަމުން ދިޔައީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ލިން. ސަރުކާރާ އެކު މަސައްކަތް ކުރިން. ޕާޓީގެ ތެރެއިން އެތައް މަސައްކަތެއް ކުރިން. ހާއްސަކޮށް ރައީސް ނަޝީދު އެތަކެއް މަސައްކަތެއް ކުރި އެކަން ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބީއެމްއެލް އިން ނިންމި ނިންމުން ބަދަލު ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވީ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބީއެމްއެލް އިން އިއްޔެ ވަނީ ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލައި، ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުން ހިންގާ މުއާމަލާތްތަކުގެ އަދަދު 750 ޑޮލަރުން 100 ޑޮލަރަށް ކުޑަކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެމްއެމްއޭ އިން ލަފާދިނުމުން އެ ނިންމުން ބާތިލްކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ މިނިވަން މުސްތަގިއްލު ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ޑިޕާޓްމެންޓެއްހެން އަމުރު ކުރައްވައިގެން ބޭންކް ހިންގަން އުޅޭތަން. އެހެން ހެދީމަ ބޭންކުގެ ކަސްޓަމަރުންގެ އިތުބާރު ބޭންކަށް ގެއްލެނީ. ހާއްސަކޮށް ރާއްޖެއިން ބޭރުން ބޭންކާ މުއާމަލާތްކުރާ ފަރާތްތަކުގެ އިތުބާރު ބޭންކަށް ގެއްލުނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިއްޔެ ފެނުނީ ބޭންކިން ގާނޫނާއި ކުންފުނިތަކާ ބެހޭ ގާނޫނާއި ކޯޕަރޭޓް ގަވަނެންސް ކޯޑު އެކީ ފުޑާލި މަންޒަރު ކަމަށެވެ.
މި ހާލަތު ބަދަލުކުރަން ބޭންކުތައް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްތައް ހެދޭނެ ގޮތެއް ހަދަންޖެހޭ ކަމަށެވެ. އެކަން ކުރަން އެމްއެމްއޭއިން މަސައްކަތްކުރަން ޖެހޭނެ އެވެ.
އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމުން އިގްތިސާދުގައި ދައުރުވާ ފައިސާ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ވީ އެންމެ އަވަހަކަށް ނަގަން ޖެހޭ ކަމަށެވެ.
"އެއީ މާކެޓުގައި އިތުރަށް ހުރި ދިވެހި ރުފިޔާ. އަޅުގަނޑުމެން އޭރު ވެސް ޗާޕުކުރި އިރު ވެސް މި ވާހަކަ ދައްކަމުން ދިޔައިން. މިކަން ކޮށްފިއްޔާ ޑޮލަރުގެ އަގު މައްޗަށް ދާނެއޭ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، ގާނޫނަށް ބަދަލު ނުގެނެސް ވެސް އެކަން އެމްއެމްއޭއިން ކުރަން ޖެހޭ ކަމަށެވެ.
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް
ބީއެމްއެލަށް 1.7 ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި