13 ސެޕްޓެމްބަރ 2020
ކޮވިޑް-19 އާ ގުޅިގެން އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން، މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ އެކި ދާއިރާތަކަށް އަމާޒުކޮށްގެން، މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ، އެކަން ހާމަކުރެއްވީ މީޑިއާތަކާ އެކު އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޓިމް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ރިސޯޓާއި ގެސްޓް ހައުސް ވިޔަފާރިތަކަށް އެހީވުމަށް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން، މި ފަންޑުން މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާ އެޕްރޫވްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 މިިލިއަން ރުފިޔާ އަށް ވުރެ ޓާންއޯވާ ލިބިފައިވާ ގެސްޓު ހައުސްތަކާއި ރިސޯޓުތަކެވެ.
ބީއެމްއެލުން ވަނީ ޓޫރިޒަމް ދާއިރާ އަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް އެ ބޭންކުން އިސްނަގައިގެން ކުރު މުއްދަތުގެ ފެސިލިޓީއެއް ވެސް ތައާރަފުކޮށްފަ އެވެ. މި ފެސިލިޓީ މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދެ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) އާ ހަމައަށް ފައިނޭންސް ކޮށްދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އޮގަސްޓުގެ ނިޔަލަށް ޝޯޓް ޓާމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފައި. މީގެ އިތުރުން، ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ވެސް ވަނީ ދޫކޮށްފައި،" ޓިމް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަންނަންދެން ބޭންކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ވެސް ޓިމް މި ބައްދަލުވުމުގައި ދެއްވި އެވެ.
"މި ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިދާނެ ކަމަށް ނުބެލެވޭ ހިނދު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް ބަލަމުން. އަދި ކޮންމެ ފަދަ ހާލަތެއްގައި ވެސް ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވާން،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލަށް 1.7 ބިލިއަން ރުފިޔާގެ ފައިދާ ލިބިއްޖެ
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟