27 ޖެނުއަރީ 2022
މިދިޔަ އަހަރު ބީއެމްއެލަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިދިޔަ އަހަރު ބީއެމްއެލަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލުން ބުނީ އޮޑިޓް ނުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން ޖުމުލަ އާމްދަނީ ހުރީ 3.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާ އެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިދިޔަ އަހަރު އެ ބޭންކުން ކޮށްފައިވާ، 3.8 ބިލިއަން ރުފިޔާގެ ވިޔަފާރި އަކީ، އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 60 ޕަސެންޓް އިތުރު އަދަދެކެވެ.
ބީއެމްއެލުން ބުނިގޮތުގައި، މި ކާމިޔާބީ ހާސިލު ކޮށްފައި ވަނީ އެ ކުންފުނިން މުޖުތަމައަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ މަގްސަދުތައް ވެސް ހާސިލް ކުރަމުންނެވެ.
ބީއެމްއެލްގެ ބަޔާނެއްގައި، ސީއީއޯ ޓިމް ސޯޔާ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
"[މި ކާމިޔާބީ ލިބުނީ] ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއް ނެތި ކުރި ބުރަ މަސައްކަތުން. އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިތުރު ވެފައި. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ 2.5 ޕަސެންޓުގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އާ ލޯނު ދޫކޮށްފައިވޭ."
އޭނާ ވިދާޅުވީ މި ނަތީޖާ އާއެކު ހަރުދަނާކަމާ އެކު ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ދިއުމަށް ލިބުނީ އިތުރު ބާރެއް ކަމަށެވެ. މިދިޔަ އަހަރުގެ ފައިދާއާ އެކު ބޭންކްގެ ހިއްސާދާރުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި ލިބުނީ 325 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ފައިދާ އަށް ވުރެ 70 ޕަސެންޓް ދަށް އަދަދެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެއް ބިލިއަން ރުފިޔާގެ ފައިދާ ބީއެމްއެލް އިން ހޯދާފައި ވެ އެވެ.
މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ވަނީ 5.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ.
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލް އިން ނިންމީ މަޝްވަރާއާ ޚިލާފަށް: ސަރުކާރު
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް
އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރުދޫކުރާވަރު އިތުރުކޮށްފި
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟