06 ނޮވެމްބަރ 2024
ކުޅިވަރާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އަށް ހޯދޭން ފުރުސަތުތަކާ ބެހޭގޮތުން އިޓަލީގެ ފުޓްބޯޅައިގެ ގަދަބާރު ޔުވެންޓަސްއާ އެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަޝްވަރާ ކުރައްވައިފި އެވެ.
ކުޅިވަރާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އަށް ހޯދޭން ފުރުސަތުތަކާ ބެހޭގޮތުން އިޓަލީގެ ފުޓްބޯޅައިގެ ގަދަބާރު ޔުވެންޓަސްއާ އެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަޝްވަރާ ކުރައްވައިފި އެވެ.
ޔުވެންޓަސްގެ އޮފިޝަލުންތަކެއް މި ހަފުތާގައި ރާއްޖޭގައި ހޭދަ ކުރި އެވެ. އެ ވަފުދާ އެކު ފައިސަލް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ސޯޝަލް މީޑިއާގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ކުޅިވަރާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެއަށް ހޯދޭން ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
" ޔުވެންޓަސް ފުޓްބޯލް ކްލަބުގެ މަންދޫބުންނާ އެކު މިއަދު [އިއްޔެ' ވަނީ ކުޅިވަރާއި ފަތުރުވެރިކަން ގުޅުވައިގެން އިތުރު ފުރުސަތުތަކެއް ހޯދުމަށް ކާމިޔާބު ބައްދަލުވުމެއް ބާއްވައިފަ،" ސޯޝަލް މީޑިއާގައި ފައިސަލް ވިދާޅުވެފައި ވެއެވެ.
ޔުވެންޓަސް އަށް 127 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ކްލަބުން ވަނީ ނިންމައިފަ އެވެ. އދ. މަހިބަދޫގައި އޮންނަ ޕެލޭ ފުޓްބޯޅަ ދަނޑުގައި އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް
ޓޫރިޒަމަށް އައްޑޫ ޕްރޮމޯޓްކުރަންވީ އިނގިރޭސިވިލާތުގައި
ޓޫރިޒަމަށް ހާއްސަ ލޯނުތަކެއް ތައާރަފުކުރަނީ
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"