Roadha Mihaaru
އެއްވަނަ މަސްއޮޑި އަށް، ތަފާތަކަށް ވީ ޝަރީފްގެ ގޯލު

ގުރޫޕްގެ އެއްވަނަ މަސްއޮޑި އަށް، ތަފާތަކަށް ވީ ޝަރީފްގެ ގޯލު

25 ޖެނުއަރީ 2024

ކުޑަހެންވޭރު ޔުނައިޓެޑާ ވާދަކޮށް 1-0 އިން މޮޅުވެ މަސްއޮޑި ސްޕޯޓްސް ކްލަބުން ފުރިހަމަ ރެކޯޑަކާ އެކު ދެވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ހޯދައިފި އެވެ.

ކުޑަހެންވޭރު ޔުނައިޓެޑާ ވާދަކޮށް 1-0 އިން މޮޅުވެ މަސްއޮޑި ސްޕޯޓްސް ކްލަބުން ފުރިހަމަ ރެކޯޑަކާ އެކު ދެވަނަ ޑިވިޝަން މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު މަސްއޮޑިން ކުޑަހެންވޭރު ބަލިކުރަން ޖެހި ހަމައެކަނި ގޯލު 38 ވަނަ މިނިޓުގައި ޖަހައިދިނީ ބ. އޭދަފުށްޓަށް އުފަން ޒުވާން ވިންގާ ހުސެއިން ޝަރީފް، 23، އެވެ. މިއީ އޭނާ މުބާރާތުގައި ކާމިޔާބު ކުރި ތިންވަނަ ގޯލެވެ.

ފުޓްސަލްގައި ވެސް ތަފާތު ދައްކަމުން އަންނަ ޝަރީފް އެންމެ ފުރަތަމަ ސީނިއާ ލެވެލްގައި ގަލޮޅު ދަނޑަށް ނުނުތީ 2020 ވަނަ އަހަރުގެ ކޮވިޑް-19 ގެ ތެރޭގައި ބޭއްވި އެފްއޭ ކަޕްގައި ވާދަކުރި ކްލަބް އޭދަފުށި ޓީމުންނެވެ. އޭރު އުމުރުން 19 އަހަރުގެ ޝަރީފް، އިހުސާން އަބްދުލް ގަނީ (ސާންތި) ކޯޗުގެ އިރުޝާދުގެ ދަށުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ މެޗުގައި ކާމިޔާބެއް ނުވި އެވެ.

އޭގެ ކުރިން ޝަރީފް ވަނީ ކްލަބް އޭދަފުށްޓާ އެކު 2019 ވަނަ އަހަރު އޮތް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކުޑަހެންވޭރާ ދެކޮޅަށް ކުޅުނު މެޗަކީ ސީނިއާ ލެވެލްގައި ޝަރީފް، ފުރަތަމަ 11 ގައި ކުޅެން ނުކުތް ފުރަތަމަ މެޗެވެ. ފުރަތަމަ ތިން މެޗުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރައި ކޯޗު އަހުމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފަ އެވެ. އެގޮތުން ފުރަތަމަ ދެ މެޗުގައި މަހިބަދޫ އާއި އެލްޓީ ކޮޅަށް ގޯލު ޖެހި އެވެ

ފުރަތަމަ މެޗުގައި މަސްއޮޑި ޓީމުގެ ފަހަތް ބެލެހެއްޓި މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ މި މެޗުގައި ކުޅޭފަ އެވެ. އޭނާ ވަނީ ކުޑަހެންވޭރު ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި މޮޅާ އެކު މަސްއޮޑި ވަނީ ގުރޫޕް އޭގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ގުރޫޕްގެ ބާކީ ހަތަރު ޓީމަށް ވެސް އަދި އެއް މެޗު އެބަ އޮތެވެ. ކުޑަހެންވޭރު ޔުނައިޓެޑާއި ޖޭޖޭ ސްޕޯޓްސް ކްލަބަށް ހަ ޕޮއިންޓް ލިބިފައި ވާއިރު އެލްޓީ ސްޕޯޓްސް ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގުރޫޕްގެ ދެވަނަ ޔަގީން ވާނީ އަންނަ އާދިއްތަ ދުވަހު ކުޑަހެންވޭރާއި މަހިބަދޫ ބައްދަލުކުރާ މެޗުންނެެވެ.