Roadha Mihaaru
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

22 ޖެނުއަރީ 2024

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މާލޭގެ އާ މޭޔަރު ކަމަށް އާޒިމް ހުވާ ކުރެއްވީ މިރޭ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްގެ އަދި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް އިގުރާރުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް އިގުރާރުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކުރިން، ރިޝްވާން މިއަދު ވަނީ އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ.

މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވައި ސަރުކާރުގެ މަގާމްތަކަށް ވަޑައިގެންފަ އެވެ.

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ ސިޓީ ކައުންސިލްގައި 19 މެމްބަރުން ތިއްބަވާއިރު، މި މަހު ވަނީ ކައުންސިލްގައި ތިބި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ މެމްބަރަކާއި ޑިމޮކްރެޓްސްގެ މެމްބަރެއް ވެސް ޕީއެންސީއާ ގުޅިފަ އެވެ. އެއާ އެކު ކައުންސިލްގައި ތިބި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 13 އަަށް މިހާރު ވަނީ އިތުރުވެފަ އެވެ.