Roadha Mihaaru
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

12 ޑިސެމްބަރ 2023

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

މޭޔަރުކަމަށް އާޒިމް ފޯމު ހުށަހެޅުއްވިއިރު، އެމްޑީޕީގެ ފަރާތުން މެދު ހެންވޭރު ދާއިރާ އަށް ވާދަ ކުރަން ފޯމު ހުށަހެޅީ އަހުމަދު ރިޝްވާން ރަޝީދު އެވެ. ހެންވޭރު ދެކުނު ދާއިރާއަށް ހައްވާ ނިޙްލާ ވާދަ ކުރާއިރު މާފަންނު ދެކުނު ދާއިރާއަށް އަހުމަދު އިމްރާން ވެސް ވަނީ ފޯމު ހުށަހަޅައިފަ އެވެ.

ފޯމް ހުށަހެޅުއްވުމަށް ފަހު އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފިޔާޒް މޫސާ/ މިހާރު

ފޯމް ހުށަހެޅުއްވުމަށް ފަހު އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފިޔާޒް މޫސާ/ މިހާރު

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މެމްބަރުންގެ ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މޭޔަރުގެ ގޮނޑިއަށް އާ ބޭފަޅަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ދެން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެވެ.