09 ޑިސެމްބަރ 2023
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބިން ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބިން ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ރައްޔިތުންނަށް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ގޯއްޗާއި ފްލެޓް ދޫކޮށްފައިވެ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުގެ ސަބަބުން އެކަން ކުރިއަށްދާ ގޮތާ މެދު މާލެ ރަށްވެހިންގެ ޖަމްއިއްޔާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މާލެ ރަށްވެހިންގެ ޖަމްއިއްޔާއާ އެކު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލޭ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ، ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބުނު ފަރާތްތައް މަގުމަތިވާން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ގާނޫނީ ގޮތުން އެކަމުގައި ކުރިއަށް ދެވޭނެ ހުރިހާ މަގެއް ބެލުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އޭނާގެ ވިސްނުން ހުރީ މާލެ ސިޓީގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކަށަވަރުކޮށް ދިނުމަށް އެކަންކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި ފައިސާ އިސްރާފުވާނެ ގޮތަށް، އެއްވެސް ހިދުމަތެއް "ޑުޕްލިކޭޓް" ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތަކާއި އާމްދަނީ އަދި ހަރަދުކުރާ ފައިސާ ވެސް މަހުން މަހަށް ރައްޔިތުންނަށް ފެންނާނެ ގޮތަށް ހާމަ ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ތަނެއް ކުރިއަރައިގެން ދާނީ އެތަނެއް "ޓްރާންސްޕޭރެންޓް" ވާ މިންވަރަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ކުރީގެ އެމްޑީ އާޒިމް ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް، ރައްޔިތުންނަށް ކޮށްދޭން ވައުދުވާ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. މާލޭ މޭޔަރު ކަމަށް އޭނާ ހޮވިއްޖެ ނަމަ، މާލޭ ރައްޔިތުންނަށް ދެއްވާ ޔަގީން ކަމަކީ ބިމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!
ބުޅަލުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ބޮޑު ޕްލޭނެއް
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް
ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅައިފި
ކައުންސިލްގެ 8 ކޮންސަލްޓަންޓުންނަށް މަހަކު ދެ ލައްކަ
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް