Roadha Mihaaru
ކުއީންސް އަށް ސައިކްލޯންސް ބިރަކަށް ނުވި

ކުއީންސް އަށް ސައިކްލޯންސް ބިރަކަށް ނުވި

22 ޖެނުއަރީ 2024

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން އެއްވަނަ ޑިވިޝަންގައި ކުއީންސް ބީސީ އިން ތަފާތު ބޮޑު ނަތީޖާއަކުން ޗެމްޕިއަން ސައިކްލޯންސް ބީސީ ބަލިކޮށްފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން އެއްވަނަ ޑިވިޝަންގައި ކުއީންސް ބީސީ އިން ތަފާތު ބޮޑު ނަތީޖާއަކުން ޗެމްޕިއަން ސައިކްލޯންސް ބީސީ ބަލިކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސައިކްލޯންސްގެ މައްޗަށް ކުއީންސް ކުރި ހޯދީ 95-27 ޕޮއިންޓުންނެވެ. މި މެޗުގައި އެންމެ މޮޅަށް ކުޅުނީ ކުއީންސް އަށް 27 ޕޮއިންޓް ސްކޯ ކޮށްދިން އާމިނަތު އިސްރާއު އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސައިކްލޯންސް މުބާރާތް ފެށީ ފަސޭހަ މޮޅަކުންނެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެލީޓް އާއި ލަޔަނެސް އެވެ. އެލީޓް އިން ވަނީ 90-33 ޕޮއިންޓުން މި މެޗު ކާމިޔާބު ކޮށްފަ އެވެ. އެލީޓް އަށް މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 24 ޕޮއިންޓް ސްކޯ ކުރި ރާއީ ހަމްޒާ އެވެ.

ފިރިހެން އެއްވަނަ ޑިވިޝަން: ރެޑްވިންގްސް އަށް ހިތްހަމަޖެހުމެއް

ފިރިހެން ޑިވިޝަންގައި ރެޑްވިންގްސް ބީސީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރެޕްޓާސްއާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު ބަލިވެފަ އެވެ. ނަމަވެސް އެޓީމުން ވަނީ ދެވަނަ މެޗު ކާމިޔާބުކޮށް ހިތްހަމަޖެހުމެއް ހޯދައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެޑްވިންގްސް މޮޅުވީ ސްޓިންގާސްއާ ވާދަކޮށް 111-50 ޕޮއިންޓުންނެވެ. މި މެޗުގައި ރެޑްވިންގްސްގެ ޒައިދާން އާތިފް ޝުކޫރު ވަނީ 21 ޕޮއިންޓް ސްކޯކޮށްފަ އެވެ.

އެ ރޭ ކިންގްސް ވަނީ 83-62 ޕޮއިންޓުން ރެޕްޓާސް ބީސީ ބަލިކޮށްފަ އެވެ. މި މެޗުގައި ކިންގްސް އިން އެންމެ މޮޅަށް ކުޅުނީ އެޓީމަށް 17 ޕޮއިންޓް ސްކޯ ކޮށްދިން އަމްޒަރު މުހައްމަދެވެ. މެޗުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރީ ރެޕްޓާސްގެ މަފާޒް މުހައްމަދެވެ. އޭނާ ވަނީ މެޗުގައި 2 ޕޮއިންޓް ހޯދައިފަ އެވެ.