Roadha Mihaaru
ކިންގްސް އާއި ޓީރެކްސް ފެށީ  ވަރުގަދަކޮށް

ކިންގްސް އާއި ޓީރެކްސް ފެށީ ވަރުގަދަކޮށް

18 ޖެނުއަރީ 2024

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއްވަނަ ޑިވިޝަންގައި ޓީރެކްސް އާއި ޗެމްޕިއަން ކިންގްސް ފުރަތަމަ މެޗުގައި ފަސޭހައިން މޮޅުވެއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއްވަނަ ޑިވިޝަންގައި ޓީރެކްސް އާއި ޗެމްޕިއަން ކިންގްސް ފުރަތަމަ މެޗުގައި ފަސޭހައިން މޮޅުވެއްޖެ އެވެ.

މުބާރާތް ފެށީ ޓީރެކްސް އާއި ސްޓިންގާސް ކުޅުނު މެޗުންނެވެ. ޓީރެކްސް މޮޅުވީ 137-46 ޕޮއިންޓުންނެވެ. މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރީ ޓީރެކްސްގެ އަހުމަދު ވިލްދާން އެވެ. އޭނާ ވަނީ 33 ޕޮއިންޓް ސްކޯ ކޮށްފަވެ.

އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް، ދެވަނަ މެޗުގައި ބައްދަލުކުރީ ރޯޔަލްސްއާ އެވެ. ކިންގްސް މި މެޗު ކާމިޔާބުކުރީ 125-42 އިންނެވެ. ކިންގްސްގެ އަބްދުﷲ އަމްޒަރު މުހައްމަދު 27 ޕޮއިންޓް ހޯދިއިރު އަހުމަދު އަލީ މުސްތަފާ ވަނީ 20 ޕޮއިންޓް ހޯދައިފަ އެވެ.

ޓީރެކްސްގެ އަހުމަދު ޒަބީރު، މުބާރާތުގެ ފުރަތަމަ މެޗުގައި ސްޓިންގާސްއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ޓީރެކްސްގެ އަހުމަދު ޒަބީރު، މުބާރާތުގެ ފުރަތަމަ މެޗުގައި ސްޓިންގާސްއާ ދެކޮޅަށް ކުޅެނީ.-- ފޮޓޯ: ސިޑިބަރި/ބާސްކެޓު

ލީގުގައި މިރޭ ފުރަތަމަ ކުޅޭނީ ރެޑްވިންގްސް އާއި ރެޕްޓާސް 7:30 ގައި ބައްދަލުކުރާ މެޗަށް ފަހު، އަންހެން ޑިވިޝަންގެ ކުޅުން ފަށާނެ އެވެ. މިރޭ 9:30 ގައި އަންހެން ޑިވިޝަން ފަށާނީ ކުއީންސް އާއި އެލީޓް ބައްދަލުކުރާ މެޗުންނެވެ.

މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަން އިން ވަނީ އެއްވަނަ ޑީވިޝަންގައި ވާދަކުރާ ފިރިހެން ހަ ޓީމުގެ ކުޅުންތެރިން ހިމެނޭހެން ހާއްސަ މެޗެއް ކުޅެފަ އެވެ.

މި މެޗު 68-61 ޕޮއިންޓުން ކާމިޔާބު ކުރީ ރެޕްޓާސް އާއި ޓީރެކްސް އަދި ރޯޔަލްސްގެ ކުުންތެރިން ކުޅުނު ޓީމް ބީ އެވެ. ޓީމް އޭގައި ހިމެނުނީ ސްޓިންގާސް އާއި ރެޑްވިންގްސް އަދި ކިންގްސް އެވެ.