ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އާގުބޯޓުތަކަށް ނުރައްކާކޮށް އިތުރު ހަމަލާއެއް ދީފި ނަމަ އަނެއްކާވެސް ރައްދުގައި ހަމަލާ ދޭނެ ކަމަށާއި ކަނޑުމަތީގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިތިބޭނެ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކަމަރަން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އާގުބޯޓުތަކަށް ނުރައްކާކޮށް އިތުރު ހަމަލާއެއް ދީފި ނަމަ އަނެއްކާވެސް ރައްދުގައި ހަމަލާ ދޭނެ ކަމަށާއި ކަނޑުމަތީގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިތިބޭނެ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކަމަރަން އިއްޔެ ވިދާޅުވެއްޖެ އެވެ.
"ދައްކާ ވާހަކަޔާ އެއްގޮތަށް، އަމަލުކޮށް ފިޔަވަޅު އެޅުމަށް އިނގިރޭސި ވިލާތް އޮތީ ތައްޔާރަށްކަން ވާނީ ސާބިތުކޮށްދީފައި،" ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ދިން ހަމަލާތަކަށް ފަހު ސްކައި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ކެމަރަން ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ހޫތީން ރަތްކަނޑުގައި ހަމަލާ ދެމުން ގެންދާއިރު ކެމަރަން ވިދާޅުވީ ދެން އިތުރު ހަމަލާއެއް ދީފި ނަމަ އަނެއްކާވެސް ހޫތީންނަށް ރައްދު ހަމަލާތަކެއް ދޭން ޖެހިދާނެ ކަމަށެވެ.
"އަހަރެމެންނަށް ޖެހޭނީ ފިޔަވަޅު އަޅަން. ފިޔަވަޅެއް ނޭޅުމަކީ ވެސް ސިޔާސަތެއް. އެކަމަކު އެއީ ނަތީޖާއެއް ނެތް ސިޔާސަތެއް،" އޭނާ ވިދާޅުވި އެވެ.
ކެމަރަން ވިދާޅުވީ ހަމަލާ ދެނީ ހަމައެކަނި އިނގިރޭސި ވިލާތަށް ގެންނަ މުދާ އުފުލާ އުޅަނދުތަކަށް ނޫން ކަމަށާއި އެންމެ ފަގީރު އިތިއޯޕިއާ އާއި ސޫދާން ފަދަ ގައުމުތަކަށް ގެންދާ މުދާ ހުންނަ އުޅަނދުތަކަށް ވެސް ނުރައްކާ ވެއްޖެ ކަމަށެވެ.
ކެމަރަން ތުހުމަތުކުރެއްވި ގޮތުގައި މި "ވިޔާނުދާ" އަމަލުތައް ހިންގުވަނީ އީރާން ފަހަތުގައި އޮވެގެންނެވެ.
ޔަމަނަށް ދިން ހަމަލާތަކުގެ މައުލޫމާތު ހިއްސާ ނުކުރާތީ، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ޝަކުވާކޮށްފަ އެވެ. ކެމަރަން ވަނީ އެ ކަންކަން އަދި ސާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ ރަތްކަނޑުގައި އުފުލާއިރު ހޫތީން ހަމަލާ ދޭތީ އުޅަނދުތަކަށް މިހާރު ވަނީ ދުރު މަގުތައް އިހްތިޔާރުކުރަން ޖެހިފަ އެވެ. މިހެން ވުމުން މުދާ އުފުލުމުގެ އަގު ބޮޑުވެ މުދަލުގެ އަގު އުފުލިގެންދެ އެވެ. -- އޭއެފްޕީ
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ހޫތީން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ޔަމަނަށް އެމެރިކާގެ އަނިޔާ ބޮޑު ދުވަހެއް، 74 މަރު
އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް
ހޫތީންގެ ހަމަލާތަކުގެ އަދަބު ދޭނީ އިރާނަށް: ޓްރަމްޕު
އެމެރިކާގެ އެއާކްރާފްޓް ކެރިއާއަށް ހަމަލާދީފިން: ހޫތީން
ޓްރަމްޕުގެ އިންޒާރާ އެކު ޔަމަނަށް ހަމަލާދީފި
ހޫތީން ބޯޓުތަކަށް ދޭ ހަމަލާތައް އަލުން ފަށަނީ
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
ސުލްހައިގެ ވަގުތު ހަމަލާތައް މަދުކުރާނަން: ހޫތީން