ރަތްކަނޑުގައި ހޫތީން އުޅަނދުތަކަށް ދެމުން ދިޔަ ހަމަލާތައް އަލުން ފަށައި ހޯމަ ދުވަހުން ފެށިގެން އެއް ބޯޓަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު މަރުވެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ރަތްކަނޑުގައި ހޫތީން އުޅަނދުތަކަށް ދެމުން ދިޔަ ހަމަލާތައް އަލުން ފަށައި ހޯމަ ދުވަހުން ފެށިގެން އެއް ބޯޓަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު މަރުވެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް، އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ދެމުން ގެންދާ މި ހަމަލާތަކުގައި މިހާރު ހަމަލާ ދެމުން ގެންދަނީ ލައިބީރިއާގެ ބަލްކް ކެރިއަރެއް ކަމަށްވާ "އެޓާނިޓީ" އަށެވެ.
"ބޯޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. މިހާރު އެ ބޯޓު ދުއްވޭނެ އެއްވެސް ގޮތެއް ނެތް،" ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ނެރުނު ބަޔާނުގައި ބުންޏެވެ.
"އެ ބޯޓު ވަށައިގެން ތިބީ ކުދި އުޅަނދުތަކެއް. އަދި ހުއްޓުމެއް ނެތި ދަނީ ހަމަލާ ދެމުން."
ލަންޑަނުގައި ހުންނަ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ލައިބީރިއާގެ މަންދޫބަކު ވިދާޅުވީ އެ ބޯޓުން ދެ މީހަކު މަރުވެފައިވާ ކަމަށެވެ. ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ 22 ފަޅުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ފިލިޕީންސް މީހުން ކަމަށެވެ.
ޔަމަނުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ހޫތީން މިހާތަނަށް ދިން އެންމެ ނުރައްކާ ހަމަލާ ކަމަށެވެ. އަދި އެ ޖަމާއަތުން "ރަތް ކަނޑުގައި ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި" ކަމަށް ބުނެފައިވެ އެވެ. މިއީ ޔަމަންގެ ހޫތީންނަށް ހަމަލާ ދިނުން މެދުކަނޑާލަން އެމެރިކާއާ އެކު ހޫތީން ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާގެ ޒިންމާ ހޫތީން އުފުލާފައި ނުވި ނަމަވެސް، މުދާ އުފުލާ އެހެން އުޅަނދެއް ކަމަށްވާ މެޖިކް ސީސްއަށް އާދީއްތަ ދުވަހު ހަމަލާދީފައިވެ އެވެ. މިއީ މި އަހަރު ދިން މިފަދަ ފުރަތަމަ ހަމަލާ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލާ ރަތްކަނޑު ސަރަހައްދުގެ ރައްކާތެރިކަމާ މެދު މި ދެ ހާދިސާއާ އެކު ވަނީ ސުވާލު އުފެދިފަ އެވެ.
އިޒްރޭލުން ޔަމަނުގެ ވެރިރަށަށް އަނެއްކާވެސް ހަމަލާދީފި
އިޒްރޭލުން އަނެއްކާވެސް ޔަމަން އެއާޕޯޓަށް ބޮން އަޅައިފި
ޔަމަން އެއާޕޯޓަށް 500 މިލިއަން ޑޮލަރުގެ ގެއްލުން
އިޒްރޭލުން ޔަމަންގެ އެއާޕޯޓް ހަލާކުކޮށްލައިފި
އިޒްރޭލު އެއާޕޯޓު ހަމަލާއަށްފަހު ޔަމަނަށް ބޮން އަޅައިފި
ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މައި އެއާޕޯޓަށް
ހޫތީން ބޯޓުތަކަށް ދޭ ހަމަލާތައް އަލުން ފަށަނީ
ސުލްހައިގެ ވަގުތު ހަމަލާތައް މަދުކުރާނަން: ހޫތީން
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް