Roadha Mihaaru

އިޒްރޭލުން ޔަމަނުގެ ވެރިރަށަށް އަނެއްކާވެސް ހަމަލާދީފި

އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާ އަށް އަނެއްކާވެސް ހަމަލާދީފި އެވެ.

އިޒްރޭލުން ޔަމަނުގެ ވެރިރަށަށް އަނެއްކާވެސް ހަމަލާދީފި

އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާ އަށް އަނެއްކާވެސް ހަމަލާދީފި އެވެ.

މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ.

ޔަމަންގެ ހޫތީންނާ ގުޅުން އޮންނަ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސަންއާގެ މެދުތެރޭގައި ހުންނަ މުނިސިޕަލިޓީ އިމާރާތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

"އިޒްރޭލުގެ އުދުވާންތައް، ސިއްތީން މަގުގައި ހުންނަ ތެޔޮ ކުންފުންޏެއްގެ ސްޓޭޝަނަކަށް އަމާޒުކޮށްފައި ވާއިރު އިތުރު އެތައް ހަމަލާތަކެއް ވެސް ވަނީ ދީފައި. އާދީއްތަ ދުވަހު ދިން ހަމަލާތައް، ވެރިރަށުގެ ދެކުނުގައި ހުންނަ އިންޖީނުގެއަކަށް ވެސް އަމާޒުކޮށްފައިވޭ،" ހޫތީންގެ އަލް މަސީރާ ޓީވީން ބުންޏެވެ.

އިޒްރޭލުން ވެސް ވަނީ މި ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުން ބުނީ މިއީ ހޫތީން އިޒްރޭލަށް ދޭ މިސައިލް ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ އެތައް ފަހަރަކު ޔަމަނަށް ހަމަލާދީފަ އެވެ. މިއީ އިޒްރޭލަށް ހަމަލާ ދިނުމުގެ ގާބިލްކަން ނައްތާލުމުގެ ނަމުގައި ދޭ ހަމަލާތަކެއް ނަމަވެސް ހޫތީންގެ ހަމަލާތަކަށް މެދުކެނޑުމެއް ނާދެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހޫތީން އެކި ފަހަރުމަތިން ވަނީ އިޒްރޭލަށް އަމާޒުކޮށް މިސައިލާއި ޑްރޯނުން ހަމަލާދޭން މަސައްކަތްކޮށް އަދި އަދި ބައެއް ހަމަލާތައް ކާމިޔާބު ވެސް ކޮށްފަ އެވެ. އަދި ރަތް ކަނޑުގައި ދަނީ އިޒްރޭލާއި އިޒްރޭލަށް ތާއީދުކުރާ ފަރާތްތައް ކަމަށް ހޫތީންނަށް ގަބޫލުކުރެވޭ އުޅަނދުތަކަށް ވެސް ހަމަލާ ދެމުންނެވެ. -- އޭއެފްޕީ