އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާގެ އެއާޕޯޓަށް މިއަދުވެސް ބޮން އަޅައިފި އެވެ.
އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާގެ އެއާޕޯޓަށް މިއަދުވެސް ބޮން އަޅައިފި އެވެ.
"އިޒްރޭލުން ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަނެއްކާވެސް ވަނީ ހަމަލާދީފައި،" ހޫތީންގެ އަލް މަސީރާ ޓީވީން ބުންޏެވެ.
އެ ޓީވީ ޗެނަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަންވޭގައި އޮތް މަތިންދާބޯޓަކަށާއި ރަންވޭއަށް ވެސް ހަމަލާތައް އަމާޒުވެ ގެއްލުން ވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލު ކާޓްޒް ވަނީ ޔަމަނުގެ ވެރިރަށް ސަންއާގެ އެއާޕޯޓުގައި ހޫތީ "ޓެރަރިސްޓް ޓާގެޓްތަކަށް" ފައިޓާ ޖެޓްތަކުން ހަމަލާދިން ކަމަށް ބުނެފަ އެވެ.
މި ހަމަލާ ދީފައި މި ވަނީ ހޫތީން އިޒްރޭލަށް ދެ މިސައިލެއް ފޮނުވާލާފައި ވަނިކޮށެވެ.
އިޒްރޭލުން ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ ހޫތީންގެ އެއާކްރާފްޓެއް ކަމަށެވެ.
"ހަމަލާ ދިނީ އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ޓެރަރިސްޓުން އުފުލުމަށް ހޫތީ ޖަމާއަތުން ބޭނުންކުރި މަތިންދާބޯޓުތަކެއް،" އަސްކަރިއްޔާއިން ބުންޏެވެ.
މިދިޔަ ހަފުތާގައި ހަމަލާ ދިން ހުދައިދާ އާއި ސާލިފް ބަނދަރު ފަދައިން ސަންއާގެ މައި އެއާޕޯޓު ވެސް ހިންގަމުން ދަނީ ޓެރަރިޒަމްގެ ބޭނުމަށް ކަމަށް އިޒްރޭލުން ބުންޏެވެ.
މި މަހުގެ ކުރީކޮޅު ޔަމަންގެ އެއާޕޯޓަށް ހަމަލާދީ އިޒްރޭލުން ވަނީ 500 މިލިއަން ޑޮލަރުގެ ގެއްލުން ދީފަ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންއާގެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލީ 2022 ވަނަ އަހަރު އެވެ. އެ އެއާޕޯޓުން އާންމުކޮށް ދަތުރުކުރަމުން ދިޔައީ ގައުމީ އެއާލައިން ޔަމަނިއާއިން އުރުދުންގެ ވެރިރަށް އައްމާނަށެވެ. ގިނައިން މީހުން ދަތުރުކުރަނީ ގައުމުން ބޭރުން އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ މީހުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ދާއިރު އެކަމާ ދެކޮޅުހަދައި، ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ހޫތީން ގެންދަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި ރަތްކަނޑުގައި ވެސް ދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އެހެންވެ އިޒްރޭލުން ކުރިން ވެސް ވަނީ ޔަމަނަށް ހަމަލާ ދީފަ އެވެ.
ޔަމަން އެއާޕޯޓަށް 500 މިލިއަން ޑޮލަރުގެ ގެއްލުން
އިޒްރޭލުން ޔަމަންގެ އެއާޕޯޓް ހަލާކުކޮށްލައިފި
އިޒްރޭލު އެއާޕޯޓު ހަމަލާއަށްފަހު ޔަމަނަށް ބޮން އަޅައިފި
ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މައި އެއާޕޯޓަށް
ހޫތީން ބޯޓުތަކަށް ދޭ ހަމަލާތައް އަލުން ފަށަނީ
ސުލްހައިގެ ވަގުތު ހަމަލާތައް މަދުކުރާނަން: ހޫތީން
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
އިޒްރޭލުގެ ތެލް އަވީވަށް ހޫތީންގެ ޑްރޯން ހަމަލާއެއް