މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު, އެމްޓީސީސީއާ ހަވާލު ކޮށްފައިވާ 46 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށާއި އެކަމަކު މިހާރު އޭގެ ތެެއިން 14 މަޝްރޫއެއް ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު, އެމްޓީސީސީއާ ހަވާލު ކޮށްފައިވާ 46 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށާއި އެކަމަކު މިހާރު އޭގެ ތެެއިން 14 މަޝްރޫއެއް ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު އަބްދުﷲ މުއްތޮލިބު އެހެން ވިދާޅުވީ, މި ސަރުކާރުން ބައެއް މަޝްރޫއުތައް ހުއްޓާލަމުން ގެންދާ ކަމަށް ވިދާޅުވެ, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި 98 މަޝްރޫއެއް މޮބިލައިޒް ނުވަތަ ފެށުމަށްޓަކައި ސާމާނާއި އެހެނިހެން ވަސީލަތްތައް ފޮނުވާފައިވީ ނަމަވެސް ކުރީގެ ސަރުކާރުން މަސައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.
”ތެޔޮ ނުލިބުމާއި އެކިއެކި އެހެން ސަބަބުތަކާ ހެދި މަސައްކަތްތައް ހުއްޓިފައި ހުރީ. އަޅުގަނޑުމެން ހަވާލުވިއިރު 55 މިލިއަން ރުފިޔާ އަށް އެމްޓީީސީސީ އޮތީ އެފްއެސްއެމަށް ދަރާފައި,“ މުއްތޮލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގުތައް ހަދަން ސަރުކާރުން އުފައްދާފައިވާ ކުންފުނި އާރުޑީސީއާ ހަވާލު ކޮށްފައިވާ 18 މަޝްރޫއެއް ވެސް އޮތީ ހުއްޓިފައި ކަމަށެވެ.
”އެ ކަމަކު, އެ 18 މަޝްރޫއު ވެސް އަޅުގަނޑުމެން މިހާރު ފަށައިފިން. ރައީސް ބޭނުންފުޅުވަނީ މި ގޮތަށް ހުއްޓިފައި ހުރި މަޝްރޫއުތައް ތިން މަސް ތެރޭގައި ފަށަން. އެހެންވެ އޭގެ ދަށުން މަޝްރޫއުތައް އަލުން ފަށަމުން މިދަނީ,“ މުއްތޮލިބު ވިދާޅުވި އެވެ.
ކެންދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުން އެމްޓީސީސީއަށް
ހައުސިންގެ ކުރީގެ ބިމުގައި ކޮމާޝަލް ސެންޓަރެއް ހަދަނީ
ހަނިމާދޫ އެއާޕޯޓު ސެޕްޓެމްބަރަށް ނިމޭނެ: މުއްތަލިބު
40ބިލިއަންގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި:މުއްތަލިބު
"ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް"
ކޮންޓްރެކްޓަރަށް ބިންތައް ނުދީ، ރަސްމާލެ ހިއްކަނީ
ރަސްމާލެ ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް
އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
ދޮންފަނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރާނެ:މިނިސްޓަރު