Roadha Mihaaru
ހުޅުމާލޭގެ މުނިސިޕަލް މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ

މުނިސިޕަލް މަސައްކަތްކުރާ އާބަންކޯގެ މުވައްޒަފުންގެ މުސާރަ ކުޑައެއް ނުވާނެ: ރައީސް

06 ޖެނުއަރީ 2024

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ އެކު، އެ ތަނަށް ބަދަލުވި އާބަންކޯގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެެއްވައިފި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ އެކު، އެ ތަނަށް ބަދަލުވި އާބަންކޯގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެެއްވައިފި އެވެ.

އާބަންކޯގައި މުނިސިޕަލް ހިދުމަތްތައް ދިނުމަށް މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހަށް މުސާރަތައް ބަދަލެއް ގެނައުމަކާ ނުލައި ލިބޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ އެކު، މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކުޑަވެދާނެތީ ބައެއް މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެއް އަހަރަށް ފަހު ވެސް އެ މުވައްޒަފުންގެ މުސާރަ އާއި އިންޝުއަރެންސް އަދި އެހެން އެއްވެސް ކަމަކަށް ބަދަލެއް ނުވަތަ އުނި ކުރުމެއް ނުގެންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެކަމަށް އެންމެ އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތައާރަފު ކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ އާބަންކޯއި ން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އާބަންކޯ އަދި މާލެ ސިޓީ ކައުންސިލުން ސޮއިކުރަނީ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އާބަންކޯ އަދި މާލެ ސިޓީ ކައުންސިލުން ސޮއިކުރަނީ.

އެ ނިންމުމާ އެއްގޮތަށް މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

އެ ކަން އެ ގޮތަށް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހުޅުމާލެ ބިމުގެ އިހްތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.

ހުޅުމާލެ އިހުތިސާސްގެ މައްސަލާގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލުން ކަމަށް ބުންޏެވެ.

ނަމަވެސް އާބަންކޯގެ އޭރުގެ މެނޭޖުމަންޓުން ބުނީ، ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށާއި 100 ޕަސެންޓް ސަރުކާރު ހިއްސާވާ އެ ކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ 2021 ވަނަ އަހަރު ބާތިލްކުރި އެވެ. ނަމަވެސް އާބަންކޯ އިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަން ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތުގަ އެވެ.