ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި 21 ދާއިރާއެއްގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
25 ޑިސެމްބަރ 2023
ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި 21 ދާއިރާއެއްގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ޒުވާނުންގެ ކުރިއެރުމަށް ވަޒީފާތައް ހާއްސަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހުށަހެޅުއްވީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް މިނިސްޓަރެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ވަރަށް ފުޅާކޮށް މަޝްވަރާކުރުމަށް ފަހު ގިނަ ދާއިރާތަކެއް، ވަކި ތާވަލުތަކެއްގެ މައްޗަށް ބަހާލައިގެން ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
- ހެއާ ޑްރެސާ
- ބިއުޓިޝަނުން
- ބޭބީ ސިޓިން
- ޕާސަނަނަލް ޓްރެއިނަރުން
- އިލެކްޓްރިޝަނުން
- ގެސްޓް ރިލޭޝަން އޮފިސަރުން
- ޓުއާ ގައިޑުން
- ޑައިވަރުން
- ފޮޓޯ ގްރަފަރުން
- އިލެކްޓްރިކަލް އިންޖިނިއަރުން
- ހައުސްކީޕިން މެނޭޖަރުން
- ހިއުމަން ރިސޯސް މެނޭޖަރުން
- ފްރޮންޓް އޮފީސް މެނޭޖަރުން
- އެކައުންޓެންޓުން
- އިމާމުން
- ނަރުހުން
- ޓީޗަރުން
- އިންސްޕެކްޓަރުން
- ސާވޭ ކުރާ މީހުން
- ސައިޓް ސުޕަވައިޒަރުން
- ޕައިލެޓުން
މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތަކާއި ތާވަލެއް އެކުލަވާލައިގެން އެކަން ފުރިހަމަ ކުރުމަށް ކުރިއަށް ގެންދިއުމަށް ކެބިނެޓުން އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާއެރުވުމާ ގުޅިގެން އެގޮތަށް ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން އަންނަ އިރު، އާދައިގެ ގިނަ ވަޒީފާތަކެއް ވެސް ބިދޭސީން ކޮންޓްރޯލްކުރެ އެވެ.
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
"ރައްޔިތުން އެދޭ ކަންކަން ހަމަޖެއްސުމަކީ އިސް ޒިންމާ"
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް