ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
12 ޑިސެމްބަރ 2023
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
މުނައްވަރާއި ނަސީރު އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުން އެޑްވައިޒަރުންގެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓަރުންނަށް ބޭނުންވާ މާލީ އިރުޝާދުދިނުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފިނޭންސްގެ އެޑްވައިޒަކަށް އައްޔަންކުރެއްވި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރަށް މަގާމު ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމަށް މުނައްވަރު އައްޔަންކުރެއްވީ 2016 ވަނަ އަހަރުގަ އެވެ. އޭނާ މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު އޭރު ނައިބު ރައީސަކަށް އައްޔަންކުރެއްވުމުންނެވެ.
އިގުތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ނަސީރަށް ގަވަރުނަރުކަން ލިބިވަޑައިގަތީ އޮގަސްޓް 24، 2017 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 24، 2019 ގަ އެވެ. އޭނާ ވަނީ އޭގެ ކުރިން ވެސް އެމްއެމްއޭގައި މަސައްކަތްކުރައްވައިފަ އެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުގެ ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި އެވެ.
ރިޔާސީ ކެމްޕެއިނަށް ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ ހެދުމުގައި ވެސް މި ދެ ބޭފުޅުން އިސްދައުރެއް އަދާކުރެއްވި އެވެ. އަދި ރައީސްގެ އިންތިގާލީ ކޮމިޓީގައި ވެސް މި ދެބޭފުޅުން ތިއްބެވި އެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
އޮގަސްޓް30، އިންޖިނޭރުންގެ ދުވަސް ކަމަށް ނިންމަވައިފި
ފަލަސްތީނުގެ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
މިނިސްޓްރީގައި ކަތުރުފަނި އަޅައިގެން ކަންބޮޑުވުން
ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް