07 ޑިސެމްބަރ 2023
ނެޓްބޯޅަ ވޯލްޑް ކަޕް އޮސްޓްރޭލިއާ އަށް ހޯދައި ދިން ޝާނީ ލޭޓަންގެ ތިން ހަފުތާގެ ޓްރޭނިން ޕްރޮގްރާމެއް ރާއްޖޭގައި ބާއްވައިފި އެވެ.
ނެޓްބޯޅަ ވޯލްޑް ކަޕް އޮސްޓްރޭލިއާ އަށް ހޯދައި ދިން ޝާނީ ލޭޓަންގެ ތިން ހަފުތާގެ ޓްރޭނިން ޕްރޮގްރާމެއް ރާއްޖޭގައި ބާއްވައިފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރަށް ހޯދި ޝާނީ ވަނީ 2015 އަހަރުގެ ވޯލްޑް ކަޕް އޮސްޓްރޭލިއާ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް 2017 ގައި އޭނާ ކުރި އެވެ
ތިން ހަފުތާގެ ޓްރޭނިން ޕްރޮގްރާމް ކުރިއަށްގެންދިޔައީ ގްރީން ސްޓްރީޓްސް އާއި އެމްވީ ނެޓާސް ކްލަބް ގުޅިގެންނެވެ.
ނެޓްބޯޅައިގެ ޓްރޭނިންތަކަށް އެހީވެދޭ، ކުންފުންޏެއް ކަމަށްވާ އޮސްޓްރޭލިއާގެ ނެޓްފިޓްއާ އެކު ވެސް ގްރީން ސްޓްރީޓްސް އާއި ކްލަބް އެމްވީން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. ނެޓްފިޓަކީ، އޮސްޓްރޭލިއާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ސަރާ ވޯލް 2011 ގައި އުފެދި ކުންފުންޏެކެވެ.
ޝަނީ ރާއްޖެ އާއި ސަރާގެ ދައުވަތަކަށެވެ. ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިހާރު ރިޠަތާ ކޮށްފައިވާ އެ ދެ ކުޅުންތެރިން ގުޅިގެންނެވެ.
| ސްކޫލް ދަރިވަރުންނަށް ނެޓްބޯޅަ ކްލާސްތަކެއް ކުރިއަށް ގެންދިޔަ
| ނެޓްބޯޅަ އެކަޑަމީތަކުގެ ކުޅުންތެރިންނަށް އެޑްވާންސް ކްލާސްތަކެއް
| ނެޓްބޯޅަ ކޯޗުންނަށް ޓްރޭނިން ސެޝަންތަކެއް
| ރަށްރަށުގެ ނެޓްބޯޅަ ކޮމިޔުނިޓީތަކަށް ޓްރޭނިން ސެޝަންތަކެއް
ނެޓްފިޓްގެ ނަމުގައި އެކްސްކްލޫސިވް ޓްރޭނިން ފޯރުކޮށްދޭ އެޕެއް ވެސް ސަރާ ވަނީ ލޯންޗުކޮށްފަ އެވެ. އޮސްޓްރޭލިއާގެ ނެޓްބޯޅަ އެސޯސިއޭޝަންގެ ޓްކްނިކަލް ޕްރޮގްރާމްތަކަށް ވެސް ނެޓްފިޓުން ޑޭޓާ ފޯރުކޮށްދެ އެވެ.
އެ ކުންފުންޏާ އެކު ގްރީން އާއި އެމްވީން ހެދި އެއްބަސްވުމުގެ ދަށުން އެއް އަހަރުވަންދެން ނެޓްފިޓް ސަބްކްރިޕްޝަން ދިވެހިންނަށް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނެޓްފިޓް އެއް އަހަރުވަންދެން ހިލޭ ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން ގްރީން ސްޓްރީޓްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖު ކުރުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ.
ޓްރޭނިން ޕްރޮގްރާމް ނިންމާލުމުގެ ގޮތުން، ގްރީން އާއި އެމްވީ ނެޓާސްގެ ކުޅުންތެރިންގެ މައްޗަށް އެކުލާވާލާފައިވާ ޓީމަކުން ވަނީ ގައުމީ ޓީމާ ދެކޮޅަށް އެގްޒިބިޝަން މެޗެއް ކުޅެފަ އެވެ. އެ މެޗުގެ ޝަރަފުވެރި މެހެމާނަކީ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އެވެ.
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު
އިލާންއަށް ގޯލާއި އެސިސްޓްގެ ހަގު ކުޅުންތެރިޔާގެ ރެކޯޑް