ޗައިނީސް ޓައިޕޭ އަތުން 51-39 ޕޮއިންޓުން މޮޅުވެ ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމުން އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ޗައިނީސް ޓައިޕޭ އަތުން 51-39 ޕޮއިންޓުން މޮޅުވެ ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމުން އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ހޮންކޮންގައި ކުރިއަށްދާ މުބާރާތުގައި މާދަމާ އޮންނަ ފައިނަލް މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. އެ ގައުމު ފައިނަލަށް ދިޔައީ ޖަޕާން އަތުން 64-39 ޕޮއިންޓުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ ޕާކިސްތާން އަތުން އެކަންޏެވެ. އެހެންވެ ރާއްޖެ އަށް މިވަނީ ފައިނަލުގައި އެ ގައުމު އަތުން ބަދަލު ހިފަން ފުރުސަތު ލިބިފަ އެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ނުވަތަ ގްރޫޕް އޭ ގައި ހިމެނެނީ އޭޝިއާގެ ރޭންކިންގެ އެންމެ ގަދަ ފަސް ޓީމެވެ. އެ ބައިގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންކޮން އެވެ.
ރާއްޖެ ހިމެނެނީ ރޭންކިންގެ ހަ ވަނަ އާއި 11 ވަނައާ ދެމެދު ހިމެނޭ ގައުމުތައް ވާދަކުރާނީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕުގައި ރާއްޖެ އާއި ޕާކިސްތާނާއި، ޖަޕާނާއި، ޗައިނީސް ޓައިޕޭގެ އިތުރުން ހިމެނެނީ ދެކުނު ކޮރެއާ އާއި ސައޫދީ އަރަބިއްޔާ އެވެ.
މި ގްރޫޕުގެ ފައިނަލް މެޗަކީ، އޭޝިއާގެ ޔޫތު ރޭންކިންގެ ހަ ވަނަ އާއި ހަތް ވަނަ ކަނޑައަޅާ މެޗެވެ. މި މެޗު އޮންނާނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 6 ޖަހާއިރެވެ.
ރާއްޖޭގެ ޓީމުގައި ފަސް ކުޅުންތެރިން ފިޔަވައި މުޅިން ހިމެނެނީ ބައިނަލްއަގްވާމީ މެޗުތަކަށް އާ ކުޅުންތެރިންނެވެ. އެހެންވެ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން އައިސް ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވުމުން ކޯޗު ނީޝާ ހަލީމް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
"ނަތީޖާގެ އިތުރުން ޕާފޯމަންސާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ. ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފެންވަރުގައި ވާދަކުރަން އައިސް ރާއްޖޭން މި ނެރެނީ ވަރަށް ރަނގަޅު ނަތީޖާއެއް،" ނީޝާ ބުންޏެވެ.
މީގެ ތިން މަސް ކުރިން ތައްޔާރުވާން ފެށި ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް ހޮންކޮން މުބާރާތެއްގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވާދަކޮށްފަ އެވެ. އެ މުބާރާތުން ރާއްޖެ ތިން ވަނަ ހޯދި އެވެ.
އޭޝިއާ ޔޫތު ނެޓްބޯޅަ ރޭންކިންގައި ރާއްޖެއަށް ހަތް ވަނަ
ހަތަރު މެޗުން މޮޅުވެ ޒުވާން ނެޓްބޯޅަ ޓީމު ސެމީ އަށް
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
ނެޓްބޯޅަ ވޯލްޑްކަޕް ހޯދި ޝާނީ ލޭޓަންގެ އެހީ ރާއްޖެއަށް
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ޓްރީ ޓޮޕުން ރަބާބްގެ ލިގަމެންޓް ސާޖަރީ ކާމިޔާބުކޮށްފި
ގައުމީ ނެޓްބޯޅަ ތަށި ގްރީން ސްޓްރީޓްސް ދިފާއުކޮށްފި