19 އޮކްޓޯބަރ 2024
އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ފެށި 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކޮށްފި އެވެ.
އިންޑިއާގެ ބެންގަލޫރުގައި އިއްޔެ ފެށި 13 ވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކޮށްފި އެވެ.
މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ސައުދީ އަރަބިއްޔާގެ މައްޗަށް ދިވެހި ޓީމު ކުރި ހޯދީ 74-14 ޕޮއިންޓުންނެވެ.
ސައުދީ އަރަބިއްޔާ އިން ވަނީ 2021 ގައި ގައުމީ ނެޓްބޯޅަ ކޮމިޓީއެއް އުފައްދައިފަ އެވެ. ސައުދީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އެ ކުޅިވަރުން އެ ގައުމަށް ބޮޑު ކުރިއެރުމެއް ގެނެސްދިނުމެވެ.
ޖުމްލަ 14 ޓީމާ އެކު މި މަހުގެ 27 އާ ހަމައަށް ބެންގަލޫރުގައި ކުރިއަށް ގެންދާ މި މުބާރާތް ކުޅެނީ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ އާއި ސައުދީއާ އެކު، ގުރޫޕް އޭ ގައި ހިމެނެނީ ސްރީ ލަންކާ އާއި މެލޭޝިއާ އަދި ފިލިޕީންސްގެ އިތުރުން އިންޑިއާ އާއި ޖަޕާނެވެ.
ގުރޫޕް ބީގައި ހިމެނެނީ ސިންގަޕޫރާއި ހޮންގް ކޮންގާއި ބުރުނާއީ އާއި ތައިލެންޑާއި ޗައިނީޒް ޓައިޕޭ އާއި އިރާގު އަދި ބަހްރޭނެވެ.
މުބާރާތަށް ފުރުމުގެ ކުރިން ނެޓްބޯޅަ ޓީމު މިނިސްޓަރު ރާފިއުއާ ބައްދަކު ކުރުމަށް ފަހު.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ މެލޭޝިއާއާ ދެކޮލަށް ކުޅޭނެ އެވެ. ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުމަށް ފަހު، އަންގާރަ ދުވަހު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. ބުދަ ދުވަހު ޖަޕާނާ ދެކޮޅަށް ކުޅެ، ގުރޫޕްގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ލަންކާ އެވެ. ލަންކާ ވަނީ ހަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ސިންގަޕޫރުން ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވާއިރު، މެލޭޝިއާ އިން ދެ ފަހަރު އަދި ހޮންގް ކޮންގް ވަނީ އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ޓީމު ވަނީ ފުރަތަމަ ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން، ޖަޕާނު ބަލިކޮށް ދެވަނަ ބުރުގައި ކުޅެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލަންކާ ވަނީ އިއްޔެ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 71-42 ޕޮއިންޓުން ފިލިޕީންސް ބަލިކޮށްފަ އެވެ. އިންޑިއާ އިން 55-22 އިން ޖަޕާން ބަލިކުރި އިރު ހޮންގް ކޮންގުން ވަނީ 69-11 އިން ޗައިނީޒް ޓައިޕޭ ބަލިކޮށްފަ އެވެ. ތައިލެންޑުން ބުރުނާއީ ބަލިކުރީ 68-45 އިންނެވެ. ސިންގަޕޫރު ވަނީ 122-3 އިން އިރާގު ބަލިކޮށްފަ އެވެ.
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ޓްރީ ޓޮޕުން ރަބާބްގެ ލިގަމެންޓް ސާޖަރީ ކާމިޔާބުކޮށްފި
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ނެޓްބޯޅަ ވޯލްޑްކަޕް ހޯދި ޝާނީ ލޭޓަންގެ އެހީ ރާއްޖެއަށް
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ގައުމީ ނެޓްބޯޅަ ތަށި ގްރީން ސްޓްރީޓްސް ދިފާއުކޮށްފި
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި
ރާއްޖޭގެ ޒުވާން އަންހެން ޓީމު ތިން ވަނަ ހޯދައިފި
ޒުވާން ނެޓްބޯޅަ ޓީމު ތިން ވަނަ ހޯދަން ނޭޕާލާ ދެކޮޅަށް ނުކުންނަނީ