03 ޑިސެމްބަރ 2023
ހަމްބާގް (ޑިސެމްބަރު 3) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ، ޔޫރޯގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.
ހަމްބާގް (ޑިސެމްބަރު 3) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ، ޔޫރޯގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ސްޕެއިން އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.
ހަމްބާގްގައި އިއްޔެ ކުރިއަށް ގެންދިޔަ، ގުރުގައި އިޓަލީ އާއި ސްޕޭން ހިމެނޭ ގުރޫޕް ބީ ގައި ދެން އޮތީ ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.
ވާދަވެރި އަނެއް ގުރޫޕަކީ ފްރާންސާއި ނެދަލެންޑްސް ހިމެނޭ ގުރޫޕް ޑީ އެވެ. އެ ގުރޫޕްގައި ދެން އޮތީ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރާފް ރަންގްނިކް ކޯޗުކޮށްދޭ އޮސްޓްރިއާ އެވެ. އެ ގުރޫޕްގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފްގައި ވާދަ ކުރާ ޕޮލެންޑާއި ވޭލްސް، ފިންލެންޑް އަދި އެސްޓޯނިއާގެ ތެރެއިން ޓީމެކެވެ.
އެންމެ ފަހުގެ ރަނަރަފް، އިންގްލެންޑް ލައްވާލީ ގުރޫޕް ސީގައި ޑެންމާކާއި ސާބިއާ އަދި ސްލޮވޭނިއާއާ އެކު ގުރޫޕް ސީގަ އެވެ.
ގުރު ނެގުމުގެ ހަފުލާގައި ބައިވެރިވި، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތު ގޭޓް ބުނީމުބާރާތް ކާމިޔާބު ކުރުމަށް ހުރި ޕްރެޝަރު އިންގްލެންޑަށް ހޭންޑްލް ކުރެވޭނެ އެވެ.
މުބާރާތް ބާއްވާ ގައުމު ޖަރުމަނާ އެކު ގުރޫޕް އޭ ގައި ލައްވާލީ ސްކޮޓްލެންޑާއި ހަންގޭރީ އަދި ސްވިޒަލެންޑެވެ.
ގްރޫޕް އޭ: ޖަރުމަން، ސްކޮޓްލޭންޑް، ހަންގޭރީ، ސްވިޒަލޭންޑް.
ގްރޫޕް ބީ: ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ.
ގްރޫޕް ސީ: ސްލޮވޭނިއާ، ޑެންމާކް، ސާބިއާ، އިންގްލެންޑް.
ގްރޫޕް ޑީ: ޕްލޭއޮފް ޗެމްޕިއަންގެ އޭ، (ޕޮލެންޑް/ވޭލްސް/ފިންލެންޑް/އެސްޓޯނިއާ ގެ ތެރެއިން ކޮންމެ ވެސް އެއް ޓިމެއް)، ނެދަލެންޑްސް، އޮސްޓްރިއާ، ފްރާންސް.
ގްރޫޕް އީ: ބެލްޖިއަމް، ސްލޮވާކިއާ، ރޫމޭނިއާ، ޕްލޭއޮފް ޗެމްޕިއަން ބީ (އިޒްރޭލް/ބޮސްނިއާ/ޔޫކްރެއިން/އައިސްލެންޑްގެ ތެރެއިން ކޮންމެ ވެސް އެއް ޓިމެއް).
ގްރޫޕް އެފް: ތުރުކީ، ޕްލޭއޮފް ޗެމްޕިއަން ސީ (ޖޯޖިއާ/ގްރީސް/ކަޒަކިސްތާން/ލަގްޒަމްބާގް ތެރެއިން ކޮންމެ ވެސް އެއް ޓިމެއް)، ޕޯޗުގަލް، ޗެކް ރިޕަބްލިކް.
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް