Roadha Mihaaru
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

21 ޖޫން 2024

ގެލްސެންކާޝަން (ޖޫން 21) - އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ 1-0 އިން ބަލިކޮށް ސްޕެއިން، މިއަހަރުގެ ޔޫރޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.

ގެލްސެންކާޝަން (ޖޫން 21) - އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ 1-0 އިން ބަލިކޮށް ސްޕެއިން، މިއަހަރުގެ ޔޫރޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.

ސްޕެއިން އަކީ މިއަހަރުގެ ޔޫރޯގައި މިހާތަނަށް ގަދަ 16 ގެ ޖާގަ ޔަގީން ކުރި ދެވަނަ ގައުމެވެ. އެންމެ ފުރަތަމަ ގަދަ 16 ގެ ޖާގަ ޔަގީން ކުރީ މުބާރާތް ކުރިއަށްދާ ގައުމު، ޖަރުމަނުންނެވެ.

ސްޕެއިން އިން މިރޭގެ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލަކީ، ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި އިޓަލީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނިކޯ ވިލިއަމްސް ނަގައިދިން ބޯޅަ ކެޕްޓަން އަލްވަރޯ މޮރާޓާ ބޮލުގައި ޖެހިފައި ގޯލު ކުރިމަތިން ހުރަސްވެގެން ދަނިކޮށް ގޯލަށް ވަނީ ރިކާޑޯ ކަލަފިއޯރީ ކަކުލުގައި ޖެހިފަ އެވެ.

ސްޕެއިނުން

ސްޕެއިނުން

ލީޑު ފުޅާކުރަން ސްޕެއިނުން އިތުރު ވަގުތުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަޔޯޒީ ޕެރޭޒް ފޮނުވާލި ދެ ހަމަލާ ވެސް އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ ދިފާއު ކުރި އެވެ. ފުރަތަމަ ހާފުގައި ވެސް ޑޮންނަރުއްމާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ސްޕެއިން ވަނީ މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓް ހޯދައިފަ އެވެ. އިޓަލީ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، މި ގުރޫޕްގައި ދެން ހިމެނޭ އަލްބޭނިއާ އާއި ކްރޮއޭޝިއާ ވެސް ވަނީ ދެ މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.

މަރުގެ ގުރޫޕުގެ ގޮތުގައި ބެލެވިފައިވާ ގުރޫޕް ބީ ގެ ފަހު މެޗުތައް އޮތީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. އެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސްޕެއިން އާއި އަލްބޭނިއާ ބައްދަލުކުރާއިރު، އިޓަލީ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.