ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
21 ނޮވެމްބަރ 2023
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ އަށް އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރިޔާޒުގެ ބަދަލުގައި ކްރައިމް އިންވެސްޓިގޭޝަން ހެޑަކަށް ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވަނީ ވަގުތީ ގޮތުން ހަމަޖައްސައިފަ އެވެ.
މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ.
ރިޔާޒުގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު އަދި އިންޓެލް ހެޑްގެ ގޮތުގައި ހުންނެވި ފަރީދުގެ ބަދަލުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އައްޔަންކޮށްފަ އެވެ.
ފަރީދު އިސްމާއިލް: މަސްއޫލިއްޔަތުތަކުން އޭނާ ވެސް ވަނީ ދުރުކޮށްފައި
އާ ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ. ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދަށް ރިޓަޔާވާން ވަނީ އަންގައިފަ އެވެ.
މި މަހުގެ 25 ވަނަ ދުވަހު އެ ދެ ބޭފުޅުން ވެސް ފުލުހުންގެ ހިދުމަތުން ރިޓަޔާވާނެ ކަމަށް މިހާރު ވަނީ އަންގާފަ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ ކަމަށް އައްޔަން ކުރެވޭނީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި މީހަކަށެވެ. އެކަމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލާ ފަރާތްތަކާ ފުލުހުންގެ ބޯޑުން އިންޓަވިއުކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނަރު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަނީ
އޭސީޕީ ރިޔާޒާ ގުޅިގެން ދެއްކި ވާހަކަ ދޮގުކޮށްފި
ޖަލުން ރާވަމުން ދިޔަ "ހަމަލާއެއް" ހުއްޓުވައިފި
ރޯކުރި މީހުންނާ އައިއެސްއާ ގުޅުމެއް އޮތް ކަމެއް ނޭނގެ
ބޮޑު ޚިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގަކަށް ދަނީ
މަސް ދުވަސް ތެރޭގައި މަސްތުވާތަކެތި ނައްތާލަނީ
ފައިރޫޝާއި ރިޔާޒަށް އަލުން ވަޒީފާދޭން ހުކުމްކޮށްފި
ރިޔާޒަށް ތާއީދު ކުރުމުން ފުލުހުންގެ ތެރެއިން ވަކިކޮށްފި
މުޒާހަރާ އިން ހައްޔަރުކުރި ލީވާން ދޫކޮށްލައިފި
މީޑިއާ ބިލާ ދެކޮޅު މުޒާހަރާ އިން ލީވާން ހައްޔަރުކޮށްފި