13 ޑިސެމްބަރ 2018
ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި ކުރީގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްްބަސްވުމުން ސިވިލް ކޯޓުން އެ ގޮތަށް މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި ކުރީގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްްބަސްވުމުން ސިވިލް ކޯޓުން އެ ގޮތަށް މިއަދު ހުކުމްކޮށްފި އެވެ.
ފައިރޫޝް މިދިޔަ އަހަރުގެ ފަހުކޮޅު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސޯޝަލް މީޑިއާގައި ސަރުކާރާ ބެހޭގޮތުން ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އޭނާ ވަކި ކުރިއިރު ހުރީ ޕީއެޗްޑީއަށް ތައުލީމް ހާސިލް ކުރުމަށްޓަކައި އޮސްޓްރޭލިއާގަ އެވެ.
ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާގެ އަޚުލާގީ މައްސަލައެއް ބެލުމަށް ފަހު އެވެ.
ފައިރޫޝާއި ރިޔާޒަށް އަލުން ވަޒީފާދޭން ސިވިލް ކޯޓުން މިއަދު ހުކުމްކުރީ އެ ދެ ބޭފުޅުން ދާދިިފަހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިންނެވެ. ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން ހައްލެއް ލިބޭތޯ ކުރިއަށް ގެންދާ އެ މަރުހަލާގައި ދައުލަތުން ވަނީ ފައިރޫޝާއި ރިޔާޒް ވަކި ކުރުމުގައި އިޖްރާއާތުތައް ފުރިހަމަ ނުވާ ކަމަށް އެއްބަސްވެފަ އެވެ.
ރިޔާޒް: ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދޭން އެންގި.
ހުކުމުގައި އެންގީ ފައިރޫޝާއި ރިޔާޒަށް އެ މީހުން ކުރި ތިބި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.
ފައިރޫޝާއި ރިޔާޒްގެ އިތުރުން ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) އަށް ވެސް އަލުން ވަޒީފާދޭން ކޯޓުން މިއަދު ހުކުމްކުރި އެވެ. އޭނާގެ މައްސަލަ ވެސް ނިންމީ ޑިސްޕިއުޓް މަރުހަލާއިންނެވެ.
ފައިރޫޝާއި ރިޔާޒާއި ޑީޑީއަށް ވަޒީފާދޭން އަމުރު ކުރިއިރު، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ހަމީދަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އޭނާއަށް އަލުން ވަޒީފާދީ، އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމަށް ވެސް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. އެކްޓިން ކޮމިޝަނަރު ކަން އޭނާއަށް ދިނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު ވަކި ކުރެއްވުމަށް ފަހު އެވެ.
މީގެ އިތުރުން ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލަށް އަލުން ވަޒީފާދޭން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ހުކުމް ކުރުމުން އެ ދުވަހު އޭނާއަށް އަލުން ވަޒީފާދީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
ރޯދަ "ދޫކޮށްލި" ފުލުހަކަށް ވަޒީފާ އަނބުރާ ނުލިބުނު
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި
ގެއްލުނު ސައިކަލު ފެނުނުކަން ނޭންގުމުން ބަދަލު ދެނީ
ކަރަންޓީނު ފެސިލިޓީތަކަކީ ޖަލެއް ނޫން: ފައިރޫޝް
ކޮންމެ ތަހުގީގަކަށް މީހުން ހައްޔަރުކުރާކަށް ނުޖެހޭ
ވަކިކުރި ދެ ފުލުހަކަށް ވަޒީފާދޭން އަމުރުކޮށްފި
ޖިނާހަށް ފުލުހުންގެ ވަޒީފާ އަނބުރާ ދެނީ
ޔާމީނަށް އިންސާފު ހޯދުމުގެ ދޮރުތައް ދަނީ ބަންދުކުރަމުން
މަޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސިމް ހޯދަނީ
ޔާމީންގެ މަރުގައި ފުލުހުން އިހުމާލުވާކަމަށް ބުނެ ކޯޓަށް